ދިވެހިރާއްޖެ
އިޢުލާން
ނ މާޅެންދޫ މަސްޖިދުލް ތަޤްވާގެ މިހާރު ގައު އަތުރާފައި ހުރި ވޯކްވޭ ތަކުގައި ތަޅުން އެޅުމަށް ކުރެވުނު ނ. މާޅެންދޫ ކައުންސިލްގެ ގެ ނަންބަރު 287/287/2025/3(IUL) (12 ޖެނުއަރީ 2025) އިޢުލާނާގުޅިގެން މި މަސައްކަތް ކުރުމަށްޓަކައި ދެވޭ މަޢުލޫމާތު:
ނ މާޅެންދޫ މަސްޖިދުލް ތަޤްވާގެ މިހާރު ގައު އަތުރާފައި ހުރި ވޯކްވޭ ތަކުގައި ތަޅުން އެޅުމުގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ދެވިފައިވާ ކުރެހުމާއި އެއްގޮތަށް މަސައްކަތް ކުރަންވީގޮތް:
1- ތަޅުން އެޅުމުގެ މަސައްކަތް:
- ތަޅުން އަޅަންވާނީ މިހާރު އަތުރާފައި ހުރި ގައު ތަކުގެ މަތިން 50 މިލިމީޓަރުގެ ބޯމިނުގައެވެ.
- ތަޅުން އެޅުމުގައި ބޭނުންކުރަންވާނީ ހިލަވެލި ( ފައިން ސޭންޑް ) އަދި ސިމެންތިއެވެ.
- ސިމެންތި މިކްސް ކުރުމުގެ ރޭޝިއޯއަކީ 5:1 އެވެ.
- ވޯކްވޭ ހެދުމުގައި މިހާރު ރާނާފައިވާ ފާރުބުރިއާ ވޯކްވޭ ތަޅުމާ ދެމެދު ފެން ހިންދޭނެ 50 މިލިމީޓަރުގެ ހުސް ޖާގައެއް ދޫކުރަންވާނެއެވެ.
- ވޯކްވޭ ތަޅުމުގައި ކުރެހުމުގައިވާގޮތަށް 10 މިލިމީޓަރުގެ ފުން ގުރޫ ކަނޑަންވާނެއެވެ.
2- ކުލަލުން:
- ކުލައިގެ ގޮތުގައި ބޭނުން ކުރަންވާނީ ނިޕޯން ބްރޭންޑްގެ ކުލައެވެ.
- ވޯކްވޭގެ އަރިމަތީ ފާރުތަކުގައި ލާންވާނީ ހުދުކުލައެވެ.
- ވޯކްވޭގައި ލާންވާނީ NIPPON BODELAC 900 ( weather bond ) pearl Grey 9006 އެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 15ޖަނަވަރީ 2025 ވަނަ ދުވަހުގެ 13:30 އަށް މަތީގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަން ކޮށްދެވޭނޭ އަގު ބަޔާންކުރެވިފައިވާ ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. ކޯޓޭޝަން ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ކޯޓޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި އަދި " ނ މާޅެންދޫ މަސްޖިދުލް ތަޤްވާގެ މިހާރު ގައު އަތުރާފައި ހުރި ވޯކްވޭ ތަކުގައި ތަޅުން އެޅުމުގެ މަސައްކަތް ކުރުން" މިހެން ލިޔެފައި އޮންނަންވަނެއެވެ.
ކޯޓޭޝަން ބަލައިގަތުމާއި، ހުޅުވުން އޮންނާނީ 15ޖަނަވަރީ 2025 ވަނަ ދުވަހުގެ 13:30 ގައި ކޯޓޭޝަން ހުށަހެޅުއްވުމަށް ވަޑައިގެންނެވި ފަރާތްތަކުގެ ހާޒިރުގައި ނ. މާޅެންދޫ ކައުންސިލުގެ އިދާރާގެ މީޓީންގ ރޫމުގައެވެ.
އިތުރު މަޢްލޫމާތު ބޭނުންވެލައްވާ ފަރާތްތަކުން މިކައުންސިލުގެ 6560026 މި ނަމްބަރ ފޯނަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.