ދިވެހިރާއްޖެ
(IUL)297-PS/297/2025/5ނަންބަރު
އިޢުލާން
ނ.ވެލިދޫ ކައުންސިލަށް އެޗް.އާރ ސޮފްޓްވެއަރ ފޯރުކޮށްދީ، ތަމްރީންކޮށް ޑިވެލޮޕްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ
މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް މިކައުންސިލަށް އެޗް.އާރ ސޮފްޓްވެއަރއެއް ފޯރުކޮށްދީ، ތަމްރީން ކޮށްދިނުމާއެކު 5 އަހަރުގެ މުއްދަތަށް ސޮފްޓްވެއަރ ޑިވެލޮޕްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ މިމަސައްކަތަށް ބީލަން / ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ.
މިކަމަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މިކަމަށް އެދި ހުށަހަޅާ އެއްވެސް ފަރާތަކީ ވެލިދޫ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކަވާ އޮތް ފަރާތަކަށް ވެގެންނުވާނެއެވެ.
ވީމާ، މި ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން މި އިޢުލާން ގެޒެޓް ކުރެވޭ ތާރީޙުން ފެށިގެން 2025 ޖަނަވަރީ 19 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިންބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ގޫގުލް ފޯމު (ފޯމު ލިންކް: https://forms.gle/3zoy7LupqFyyPCgA8 ) ފުރުއްވައި ސަބްމިޓްކުރެއްވުން އެދެމެވެ. މި ބީލަމާގުޅޭގޮތުން އިތުރު ޕްރީބިޑް ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ.
ބީލަން / ޕްރޮޕޯސަލް ހުށަހެޅުން
ބީލަން / ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 2025 ޖަނަވަރީ 23 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިލަދުންމަޑުލުދެކުނުބުރީ ވެލިދޫ ކައުންސިލް އިދާރާގެ ކޮންފަރެންސް ރޫމުގައެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލް މެދުވެރިކޮށް ފޮނުއްވާ ބީލަންތައް ބަލައި ނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާޠިލުވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ބީލަން ހުށަހަޅަން ވެރިފަރާތް ނޫން އެހެން ފަރާތަކުން ހާޒިރުވާނަމަ އިޢުތިރާޒެއްނެތް ކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ. މި ބީލަމުގައި ބައިވެރިވެވޭނެ ފަރާތްތައް ބީލަން ފޮތުގެ ސެކްޝަން 02 ގެ 02 ވަނަ މާއްދާގައި ބަޔާންކޮށްފައިވާނެއެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.