ދިވެހިރާއްޖެ
(IUL)438-WMPC/438/2025/704 :ނަމްބަރު
ގްރޭޓަރ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް
ވަޒީފާއަށް ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު - އެސިސްޓަންޓް ޕްރޮޖެކްޓް ކޯޑިނޭޓަރ
ދިވެހިރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށްޓަކައި އޭޝިއަން ޑެވެލޮޕްމަންޓްގެ ހިލޭ އެހީގައި މި މިނިސްޓްރީއިން ހިންގާ ގްރޭޓަރ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި އެކުލަވާލެވިފައިވާ މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީ.އެމް.ޔޫ)ގެ އެސިސްޓެންޓް ޕްރޮޖެކްޓް ކޯރޑިނޭޓަރގެ މަޤާމަށް ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ކުރާނެ މުވައްޒަފެއް ހޯދުމަށްވަނީ ބޭނުންވެފައެވެ.
މިމަގާމުގެ ޓާރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރ) މި އިޢްލާން އެކީ އެޓޭޗްކުރެވިފައިވާނެއެވެ.
ވަޒީފާއަށް އެދި ހުށަހަޅުއްވާއިރު ހުށަހަޅަން ޖެހޭ ލިއެކިއުންތައް
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު، ވަނަވަރުގައި ކުރީގެ ތަޖުރިބާ ރަނގަޅަށް އެނގޭނެހެން ތަފްޞީލްކޮށް ލިޔެފައި ހުންނަންވާނެއެވެ.
- ކުރީގައި ވަޒީފާ އަދާކޮށްފައިވާ ގޮތާއިބެހޭގޮތުން ވަޒީފާ އަދާކޮށްފައިވާ ތަންތަނުން ދީފައިވާ ލިއުންތައް
- ވަޒީފާއަށް އެދި ހުށަހަޅާފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ އަދި ޕްރޮފެޝަނަލް ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި. ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ އެޓެސްޓް ކޮށްފައި ހުންނަންޖެހޭނީ ސެޓްފިކެޓްގެ އެކްރެޑިޓް ކޮށްފައިވާ އަސްލުގެ ކޮޕީ އެއްގައެވެ.
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ ސިވިލް ސަރވިސްގައި މަސައްކަތް ކުރަމުންދާ ފަރާތެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އެ އިދާރާއަކުން އިޢުތިރާޒު ނުކުރާކަމުގެ ލިޔުން އެޕްލިކޭޝަން އާއި އެކު ހުށަހަޅަންވާނެއެވެ.
ވަޒީފާއަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ކިއުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
ވަޒީފާއަށް ހޮވޭފަރާތްތަކުން މަސައްކަތްކުރަންޖެހޭނީ މަތީގައި ދަންނަވާފައިވާ މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓްގައެވެ. އެހެންކަމުން ވަޒީފާއަށް ހޮވޭ ފަރާތްތަކުން ގިނަވަގުތު މަސައްކަތް ކުރުމާއި މަޝްރޫޢުގެ ރަށްތަކަށް ދަތުރުތައްކުރުމުގެ ޤާބިލްކަންހުންނަން ޖެހޭނެއެވެ. ވަޒީފާއަށް ހޮވޭ ފަރާތްތަކުން މަޝްރޫޢުގެ މަޤްޞަދުތައް ޙާޞިލް ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއްގައި ޢަމަލީގޮތުން ބައިވެރިވެ އަދި ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލުމުގެ ޤާބިލްކަން ހުންނަންޖެހޭނެއެވެ.
މި މަގާމަށް ކަނޑައަޅާފައިވާ އުޖޫރަ
ތިރީގައިވާ ތާވަލުގައި އެވަނީ މިމަޤާމްތަކަށް ކަނޑައެޅިފައިވާ މަހު މުސާރައެވެ. މިމުސާރައިގެ އިތުރުން، ވަކި ޤާނޫނަކުން ލާޒިމުކުރާ ޢިނާޔަތެއްފިޔަވާ އިތުރު އެހެން އެއްވެސް ޢިނާޔަތެއް ދިނުމަށް ހަމަޖެހިފައެއް ނުވެއެވެ.
ނަންބަރު |
މަޤާމުގެ ނަން |
ބޭނުންވާ ޢަދަދު |
މަހު މުސާރަ (ރުފިޔާ) |
01 |
|
1 |
19،500-22،400 |
ސުންގަޑި
ޝައުޤުވެރިވާ ފަރާތްތަކުން 20 ޖެނުއަރީ 2025 ވަނަ ދުވަހުގެ 12:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް:
އީމެއިލް: [email protected]
ޕްރޮޖެކްޓް މެނޭޖަރ
ގްރޭޓަރ މާލެ އެންވަޔަރަމެންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނަރޖީ
ސާފު ރާއްޖެ ބިލްޑިންގް (4ވަނަ ފަންގިފިލާ)، ބޮޑުތަކުރުފާނު މަގު، މާލެ، 20386، ދިވެހިރާއްޖެ
12 ޖެނުއަރީ 2025