ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)305-CA305/305/2015/82
ޕަބްލިޝްކުރި ތާރީޚް: 14 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 11:26
ސުންގަޑި: 23 ޖުލައި 2015 14:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްލޭނިންގ އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ޕްލޭނިންގ އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)

ރޭންކް: އެމް. އެސް. 1 (ޓެކްނިކަލް ސަރވިސް)

ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ (މަހަކު):  5610.00 (ފަސްހާސް ހަސަތޭކަ ދިހަ ރުފިޔާ)

ސަރވިސް އެލަވަންސް:  2000.00 (ދެހާސް ރުފިޔާ)

ވަޒީފާ އަދާކުރަންޖެހޭ ތަން: ރ. މާކުރަތު ކައުންސިލްގެ އިދާރާ

އޮފީސް/އިދާރާ: މާކުރަތު ކައުންސިލްގެ އިދާރާ

ޔުނިޓް: އޭ. އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ޝަރުޠު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛
  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސައްކަތްތަކާއި މަސްއޫލިއްޔަތުތައް:-

  1. ރަށު ކައުންސިލުން ކަނޑައަޅާ ތަރައްޤީގެ މަޝްރޫޢުތަކާއި، ޕްލޭނުތައް ރޭވުމާއި، އެކަންކަން މޮނިޓަރކޮށް ބެލެހެއްޓުމާއި، އެކަންކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައްކޮށް، ކަމާބެހޭ ފަރާތްތަކަށް ފޮނުވަންޖެހޭ ރިޕޯޓުތައް ފޮނުވުމާއި، އެކަންކަމުގެ ރެކޯޑް ބެލެހެއްޓުން.
  2. ރަށު ކައުންސިލުން ދިނުމަށް ޤާނޫނުން ލާޒިމުކުރާ ޚިދުމަތްތައް ދެނެގަނެ، އެ ޚިދުމަތްތައް ދެވޭނެ ގޮތްތައް ރޭވުމާއި، އެފަދަ ޚިދުމަތްތަކަށް ފީ ކަނޑައެޅުމުގެ ކަންތައް ބެލެހެއްޓުމާއި، އެފަދަ ކަންކަމާ ގުޅިގެން ހަދަންޖެހޭ ޤަވާޢިދު ޑްރާޕްޓްކުރުމާއި، ލިޔެ ބެލެހެއްޓުން.
  3. ރަށު ކައުންސިލުން ހިންގާ ތަރައްޤީގެ ހަރަކާތްތަކާ ގުޅިގެން ނުވަތަ އެނޫންވެސް ގޮތަކުން ތިމާވެއްޓަށް ކުރާ އަސަރު ދެނެގަތުމާއި، ތިމާވެށްޓާބެހޭ، މަޢުލޫމާތު އެކިފަރާތްތަކަށް ފޯރުކޮށްދީ، އެކަމާބެހޭ ރެކޯޑްތައް ބެލެހެއްޓުން.
  4. ތަރައްޤީ ޕްލޭނާއި، ފައިނޭންޝަލް ޕްލޭނާއި، ލޭންޑް ޔޫސިންގ ޕްލޭން ހެދުމުގައި ރައްޔިތުންގެ މަޝްވަރާ ހޯދުމާއި، އެނޫންވެސް އެކިއެކި ޕްލޭންތަކާ ގުޅިގެން، ލަފަޔާއި އިރުޝާދު ހޯދަންޖެހޭ އެކިއެކި ފަރާތްތަކުގެ ލަފަޔާއި އިރުޝާދު ހޯދައި، ކަމާބެހޭ ފަރާތްތަކަށް މަޢުލޫމާތު ދިނުން.
  5. ސަރުކާރުގެ ފަރާތުންނާއި، ރަށު ކައުންސިލުންނާއި، އެހެނިހެން ގޮތްގޮތުން ހިންގާ އެކިއެކި މަޝްރޫޢުތަކާއި، ދޭންޖެހޭ ޚިދުމަތްތަކާ ގުޅިގެން ކުރަންޖެހޭ ސާރވޭއާއި ދިރާސާތައްކުރުމުގެ ކަންތައް ބަލަހައްޓައި، ތަރައްޤީގެ އެކިކަންކަމަށް ބޭނުންވާ ޑޭޓާތައް ހޯދައި ބެލެހެއްޓުން.
  6. މީގެ އިތުރުން، ކައުންސިލްގެ އެކިއެކި ޕްލޭނުތަކާ ގުޅޭ އެންމެހައި މަސައްކަތްތައް ކުރުން.
  7. ވަޒީފާގެ މަސްއޫލިއްޔަތާ ގުޅިގެން، ޔުނިޓު ހިންގެވު ހަވާލުވެހުންނެވި ފަރާތުން ނުވަތަ ޒިންމާދާރު ވެރިޔާ އަންގަވާ ރަސްމީ މަސައްކަތްތައް ކުރުން.
  8. ކައުންސިލް އިދާރާގެ އެހެން މުވައްޒަފަކު ޗުއްޓީގައި ހުރުމުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ ހާޒިރުނުވެވޭގޮތް ދިމާވެއްޖެނަމަ، ޔުނިޓުގެ އިންޗާޖު ނުވަތަ ޒިންމާދާރު ވެރިޔާ ހަމަޖައްސަވާގޮތެއްގެމަތިން އެ މުވައްޒަފެއްގެ މަސައްކަތްތައް ކުރުން.
  9. ކައުންސިލް އިދާރާއިން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:-

  • އިތުރުގަޑީގެ ފައިސާ: ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަހުގެ ފައިސާ ދެވޭނެއެވެ.
  • މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނީ، ތިރީގައިމިވާ ބައިތަކަށް ޕޮއިންޓް ދިނުމަށްފަހު، އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލު ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ.
  • ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނީ، ސިވިލް ސަރވިސް ކޮމިޝަނުން ނެރެ ޝާއިޢުކޮށްފައިވާ، ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް- 1 އޭޕްރީލް 2013 ގައިވާ ސަޕޯޓް ސްޓާފް މަޤާމުތަކަށް މުވައްޒަފުން ޢައްޔަންކުރުމުގެ ކްރައިޓީރިއާ (ޖީ. އެސް. 1 އިން އެމް. އެސް. 2 އަށް) ގައިވާ ގޮތުގެ މަތިންނެވެ. މިގޮތުން:-
  • ވަޒީފާގެ ޝަރުޠު: % 11
  • ތަޢުލީމާއި ތަމްރީން: %38
  • މަސައްކަތުގެ ތަޖުރިބާ: %8
  • ލިބިފައިވާ ހުނަރު: %43

އެޕްލިކޭޝަން ފޮނުވަންވީ އެންމެ ފަހު ތާރީޚު:

2015 ޖުލައި 23 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން،  ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއި، ބޭނުންވާ އެހެނިހެން ލިޔެކިޔުންތައް، ސިޓީއާއެކު ރ. މާކުރަތު ކައުންސިލް އިދާރާއަށް.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދޭ ފަރާތުގެ ސިޓީއާއެކު، ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް، ރ. މާކުރަތު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv ން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރިޑިޓް ކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

އިންޓަވިއު ކުރުން:

  • މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއު ކުރެވޭނީ، މަޤާމުގެ އަސާސީ ޝަރުޠު ފުރިހަމަވާ ފަރާތްތަކާއެވެ.
  • އިންޓަވިއު ކުރުން އޮންނާނީ، 28 ޖުލައި 2015 އާއި 6 އޮގަސްޓު 2015 އާ ދެމެދުގެ ތާރީޚެއްގައެވެ.
  • އިންޓަވިއު އޮންނާނީ، ރ. މާކުރަތު ކައުންސިލްގެ އިދާރާގައެވެ.
  • އިންޓަވިއުއަށް ހާޒިރުވާންޖެހޭ ތާރީޚާއި ގަޑި، އިންޓަރވިއުއަށް ހޮވޭ ފަރާތްތަކަށް 24 ގަޑިއިރުގެ ކުރިން މި އިދާރާއިން އަންގަމުން ގެންދާނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6580015 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6580015 އެވެ.

އެހެނިހެން ކަންތައްތައް:

  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ހުށަހަހެޅުންތަކާއި، އެޓޭޗްކުރަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތަކާއި، ފުރިހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތައް ބަލައެއް ނުގަނެވޭނެއެވެ.
  • ވަޒީފާއަށް އެދި ހުށަހަޅާއިރު، ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ނުވަތަ ސެޓްފިކެޓްތައް ހުށަހަޅަންވާނީ، މޯލްޑިވެސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރުބަލާ، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީއެވެ.
  • ވަޒީފާއަށް އެދި ހުށަހަޅާއިރު، ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ.
  • އުމުރުން 55 އަހަރު ނުފުރޭ މީހެއްކަމުގައިވުން.

27 ރަމަޟާން 1436

14 ޖުލައި 2015