ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)383-MS&IM/383/2025/8
ޕަބްލިޝްކުރި ތާރީޚް: 12 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 13:26
ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރަށުގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ ނެގުން
އޮޕަރޭޝަން ކުރަނގީގެ ދަށުން، ދިވެހި ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ ފަރާތްތަކުގެ ބަޔޯމެޓްރިކް ޑޭޓާ ނެގުމުގެ މަސައްކަތް 28 ފެބްރުވަރީ 2025 ގެ ކުރިން ނިންމުމަށް ކައުންސިލްތަކާއި ވަނީ ޙަވާލުކުރެވިފައެވެ.
ވީމާ، މިރަށުގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން މިހާރު ބަޔޯމެޓްރިކް ޑޭޓާ ނުނެގި ހުރި އެންމެހާ ފަރާތްތަކުން 28 ފެބްރުވަރީ 2025 ގެ ކުރިން ކައުންސިލަށް ހާޒިރުވެ ބަޔޯމެޓްރިކް ޑާޓާ ހިއްސާކުރުމަށް އާންމުކޮށް އަންގާ އިޢުލާނު ކުރަމެވެ. މިތާރީހުގެ ފަހުން ބަޔޯމެޓްރިކް ޑޭޓާ ނެގިފައިނުވާ ބިދޭސީ ފަރާތްތަކާއިމެދު ސަރުކާރުން ނިންމަވާ ގޮތެއްގެ ދަށުން ފިޔަވަޅު އެޅިގެންދާނެއެވެ.
12 ޖަނަވަރީ 2025