މަސައްކަތް
ނަންބަރު: (IUL)407-ESM/407/2025/1
ޕަބްލިޝްކުރި ތާރީޚް: 12 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 11:38
ސުންގަޑި: 23 ޖަނަވަރީ 2025 13:00
ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ. ވިލިނގިލި ރަސްމީ ފާލަމްގެ ކޮންސެޕްޓް ޑިޒައިން ތައްޔާރުކުރާނެ ފަރާތެއް ހޯދުމާއި ބެހޭ

ގއ.ވިލިނގިލި ރަސްމީ ފާލަން ކޮންސެޕްޓް ޑިޒައިން ހުށަހެޅުމަށް ކުރެވުނު ނަންބަރ: (IUL)407- ESM/407/2024/54  އިޢުލާން ކެންސަލްކުރުމަށްފަހު، ވާދަވެރި ކޮންސެޕްޓްތަކެއް ހޯދުމަށްޓަކައި މުޅި ރަށަށް ހުޅުވާލައިގެން ގއ. ވިލިނގިލީގެ ރަސްމީ ފާލަމުގެ ކޮންސެޕްޓް ޑިޒައިން ކުރުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން، މި އިޢުލާނާއެކު ހިމަނާފައިވާ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ކޮންސެޕްޓް ޑިޒައިން ތައްޔާރުކޮށް ހުށަހެޅުއްވުން އެދެމެވެ.

 

 މި ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 2025 ޖެނުއަރީ 23 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ގއ.ވިލިނގިލި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގަ އެވެ.  ކޮންސެޕްޓް ހުށަހަޅަންޖެހޭނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގަ އެވެ.  ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އަދި  "ގއ.ވިލިނގިލި ރަސްމީ ފާލަމްގެ ކޮންސެޕްޓް "  މިހެންލިޔެފައި އޮންނަންވާނެ އެވެ.

މި ބީލަމާގުޅޭ މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ 6820027 / 6822503 މިނަންބަރު ފޯނަށެވެ.

12 ޖަނަވަރީ 2025