ޢާންމު މަޢުލޫމާތު
ނަންބަރު: C-422/2015/22
ޕަބްލިޝްކުރި ތާރީޚް: 16 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 11:01
ސުންގަޑި: 18 އޮގަސްޓް 2015 15:00
ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަލަށް ގޯތި ދޫކުރުމާބެހޭ

އިޢުލާނު

އަލަށް ގޯތި ދޫކުރުމާބެހޭ

ގދ. ފިޔޯރީއިން ގޯއްޗަށް އެދުމުގެ ފުރުޞަތު 18 އޮގަސްޓު 2015 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. ވީމާ ތިރީގައި މިދަންނަވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން މިއިދާރާއަށް ދުރުވެ ގޯއްޗަށް އެދޭ ފޯމު ނަންގަވައި ފުރުއްވުމަށްފަހު 18 އޮގަސްޓު 2015 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 3:00 ގެކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިފަހަރު ދިނުމަށް ހަމަޖެހިފައިވަނީ ޖުމުލަ 12 ގޯއްޗެވެ. މިގޯތިތައް ދިނުމަށް ހަމަޖެހިފައިވަނީ ރަށުގެ ތިން އަވަށް ކަމުގައިވާ ކަރަންކާ، ޗާންދަނީ، ލިލީ އިންނެވެ.

އެއީ:- ކަރަންކާ އަވަށުއޮތް 4000 އަކަފޫޓުގެ 4 ގޯއްޗާއި އަދި 2000 އަކަފޫޓުގެ 1 ގޯއްޗާއެކު ޖުމުލަ 5 ގޯތި

    ލިލީ އަވަށުއޮތް 2000 އަކަފޫޓުގެ ޖުމުލަ 4 ގޯތި

    ޗާންދަނީ އަވަށުއޮތް 5000 އަކަފޫޓުގެ 1 ގޯއްޗާއި އަދި 2000 އަކަފޫޓުގެ 2 ގޯއްޗާއެކު ޖުމުލަ 3 ގޯތި 

ގޯއްޗަށް އެދި ކުރިމަތިލެވޭނެ މީހުންގައި ހުންނަންޖެހޭ ޝަރުޠުތައް

1.  ދިވެހިރައްޔިތެއް ކަމުގައިވުން.

2.  ޢުމުރުން 21 އަހަރު ފުރިހަމަވެފައިވާ މީހަކު ކަމުގައިވުން.

3.  ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން.

4.  ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަގޯއްޗަކުން 600 އަކަފޫޓު ހަމަވާ ނުވަތަ އެއަށްވުރެ ބޮޑުބައި ލިބިފައި ނެތުން.

5.  ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހަދައިދީފައިވާ ޢިމާރާތެއްގެ ފުލެޓެއް ނުވަތަ އެއްމެދު ޢިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން. އަދި މިފަދަ ތަނެއް އަމިއްލަނަމުގައި އޮވެ ވޭތުވެދިޔަ 2 އަހަރުދުވަހުގެތެރޭގައި މީހަކަށްދީ ނުވަތަ ވިއްކާފައިނުވުން.

6.  ރާއްޖޭގެ އެއްވެސް ރަށަކުން މީގެކުރިން ލިބިފައިވާ ގޯއްޗެއް ނުވަތަ ގޯއްޗަކުން ލިބިފައިވާ 600 އަކަފޫޓަށްވުރެ ބޮޑުބައެއް ވޭތުވެދިޔަ 2 އަހަރު ދުވަހުގެތެރޭ މީހަކަށް ދީ ނުވަތަ ވިއްކާފައި ނުވުން.

7.  ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލަކުން ލިބިގެން އެފަދަގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑުބައެއް ލިބެންނެތުން. ނުވަތަ ލިބެން އޮތްނަމަ އެތަން ކަނޑައެޅިފައިވާ އުޞޫލާއެއްގޮތަށް ސަރުކާރަށް ދޫކޮށްލުމަށް އެއްބަސްވުން.

8.  ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލަކުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ކުޑަބައެއް ލިބި އެބިމަކީ ވަކިން ޢިމާރާތްކޮށްފައިވާ ނުވަތަ ވަކިން ޢިމާރާތްކުރެވޭ ގޮތަށް ބައިކުރެވިފައިވާ ބިމެއްނަމަ އެތަން ކަނޑައެޅިފައިވާ އުޞޫލާއެއްގޮތަށް ސަރުކާރަށް ދޫކޮށްލުމަށް އެއްބަސްވުން. (މިގޮތަށް ދޫކޮށްލުމަށް އެއްބަސްވާ ފަރާތްތަކަށް ލިބޭގޯތި ރަޖިސްޓަރީކޮށްދެވޭނީ ތަރިކައިން ލިބެން އޮތްބައި ސަރުކާރަށް ދޫކޮށްލިކަމަށް ޝަރީޢަތުން ނިންމެވުމުމަށް ފަހުގައެވެ.)

9.  ގޯއްޗަށް އެދިފައިވާ މީހާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް 600 އަކަފޫޓަށްވުރެ ބޮޑުގޯއްޗެއް ރާއްޖޭގެ އެއްވެސް ރަށަކުން ލިބިފައިނެތުން.

10. ގޯއްޗަށް އެދިފައިވާ މީހާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް 1200 އަކަފޫޓަށްވުރެ ބޮޑުގޯއްޗެއް އެއްވެސް ރަށަކުން ލިބިފައި ނެތުން.

29 ރަމަޟާން 1436

16 ޖުލައި 2015