ދިވެހިރާއްޖެ
އިޢުލާނު
ތިރީގައި މިދަންނަވާ އުޅަނދުފަހަރުގެ ރަޖިސްޓަރީ ގެއްލިގެން އަލުން ރަޖިސްޓަރީ ހަދައިދިނުމަށްއެދި މި އޮތޯރިޓީއަށްވަނީ ހުށަހަޅާފައެވެ. ވީމާ، މިދެންނެވި އުޅަނދުގެ ރަޖިސްޓަރީއާބެހޭ މަޢުލޫމާތު ލިބިފައިވާ ފަރާތެއްވާނަމަ 30 ޖުލައި 2015 ގެ ކުރިން މި އޮތޯރިޓީއަށް އެކަން އަންގަވައިދެއްވުންއެދެމެވެ.
1- ރަޖިސްޓަރީ ނަންބަރު: C5596A-04-10-T ދޯނި
އުޅަނދުގެ ވެރިފަރާތް: ރެއިންބޯ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް
1- ރަޖިސްޓަރީ ނަންބަރު: C5207A-05-10-T ދޯނި
އުޅަނދުގެ ވެރިފަރާތް: ޓޫރިސްޓް ސަބްމެރިންސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
1- ރަޖިސްޓަރީ ނަންބަރު: P3758B-02-10-T ދޯނި
އުޅަނދުގެ ވެރިފަރާތް: އަޙްމަދު ޒިޔާދު ސަޢީދު/ ވެސްޓްބީޗްއާގެ، މާލެ
28 ރަމަޟާން 1436