ޢާންމު މަޢުލޫމާތު
ނަންބަރު: WDC(4)/IUL/2025/01
ޕަބްލިޝްކުރި ތާރީޚް: 09 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 15:29
ސުންގަޑި: 16 ޖަނަވަރީ 2025 12:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - އައްޑޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ފަރާތުން 2025 ވަނަ އަހަރު ހިންގަން ރޭވިފައިވާ ޕްރޮގްރާމްތަކުގެ ތެރެއިން "ފަހެލި ބޫޓް ކޭމްޕް 2025" ގެ ބައިވެރިން ހޯދުމަށް

އިޢުލާން

އައްޑޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ފަރާތުން 2025 ވަނަ އަހަރު ހިންގަން ރޭވިފައިވާ ޕްރޮގްރާމްތަކުގެ ތެރެއިން "ފަހެލި ބޫޓް ކޭމްޕް 2025" ގެ ބައިވެރިން ހޯދުމަށް

        އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އައްޑޫ ސިޓީ ފޭދޫގައި "ފަހެލި ބޫޓް ކޭމްޕް 2025" ގެ ނަމުގައި ބޫޓް ކޭމްޕެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިބޫޓް ކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ފޭދޫގެ ރައްޔިތުުންނަށް އަމާޒުކޮށްގެން 1 ކްލާހެއްގެ ގޮތުގައެވެ. އަދި މިކޭމްޕް ބޭއްވިގެންދާނީ 20 ޖެނުއަރީ 2025 ން ފެށިގެން 1 މަސް ދުވަހުގެ މުއްދަތަކަށެވެ. ޕްރޮގްރާމްގައި ބައިވެެރިކުރުމަށް ބޮޑަށް އިސްކަންދިނުމަށް ހަމަޖެހިފައިވަނީ މިފަދަ ޕްރޮގްރާމެއްގައި ކުރިން ބައިވެފައިނުވާ ފަރާތްތަކަށެވެ.

        ވީމާ "ފަހެލި ބޫޓް ކޭމްޕް 2025" ގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 12 ޖެނުއަރީ 2025 ން 16 ޖެނުއަރީ 2025 ގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 9:00 ން 12:00 އާއި ދެމެދުގެ ގަޑިތަކުގައި، ބޫޓް ކޭމްޕްގައި ބައިވެރިވުމަށް، ނަން ނޯޓުކުރުމަށާއި އިތުރު މަޢުލޫމާތު ހޯއްދެވުމަށް ކޮމެޓީގެ ރަސްމީ ނަންބަރަށް 9336787 އަށް ގުޅުއްވުން އެދެމެވެ.

 

09 ރަޖަބު 1446

09 ޖެނުއަރީ 2025

09 ޖަނަވަރީ 2025