ދިވެހިރާއްޖެ
އިޢުލާން
މިސްކިތު ވޭޖް ޕޫލްގައި ރަޖިސްޓްރީ ވުމުގެ ފުރުޞަތު
މިރަށު މިސްކިތްތަކުގައި އިމާމުން/ މުދިމުން/ ކައުންސިލް އެސިސްޓެންޓުން މުވައްޒަފަކު އަހަރީ ޗުއްޓީ، އާއިލީ ޒިންމާ ޗުއްޓީ، ސަލާމް، ނޯޕޭލީވް ނެންގެވުމުގެ ސަބަބުން ވަގުތީގޮތުން މިސްކިތްތަކުގައި އިމާމުން/ މުދިމުން / މަސައްކަތުމީހުން ގެންގުޅެންޖެހޭ ޙާލަތްތަކުގައި ވޭޖު އުޞޫލުން މަސައްކަތްކުރުމަށްޓަކައި އިމާމުން، މުދިމުން، ކައުންސިލް އެސިސްޓެންޓުންގެ ޕޫލެއް އެކުލަވާލަން ބޭނުންވެއްޖެއެވެ.
| 
 މާޤާމް:  | 
 ބޭނުންވާ ޢަދަދު  | 
 ޝަރުތު  | 
 އުޖޫރަ ދެވޭގޮތް  | 
| 
 މުދިމު  | 
 4  | 
 މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށް ދިނުމާއި އެކު ތަޖުވީދުގެ މަގުން ރީތިކޮށް ކީރިތި ޤުރްއާން ކިޔަވަން އެނގުމާއި، ބަންގި ގޮވައި އިމާމުވެ ނަމާދު ކުރަން އެނގުން  | 
 ކޮންމެ ނަމާދުވަގުތަކަށް 53.00ރ  | 
| 
 އިމާމު  | 
 4  | 
 މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށް ދިނުމާއި އެކު މުދިމުކަމުގެ ސަނަދު ލިބިފައިވުން ހުކުރު ކުރުމުގެ ސަނަދު ލިބިފައިވުން ދީނީ ދާއިރާތަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން  | 
 ކޮންމެ ނަމާދުވަގުތަކަށް 61.00  | 
| 
 ކައުންސިލް އެސިސްޓެންޓް  | 
 2  | 
 ކައުންސިލްގެ އިދާރާއިން ފޯރުކޮށްދޭ އެހެނިހެން ޚިދުމަތްތަކާއި ހިނގާ އެކި އެކި ޕްރޮގްރާމާއި މުނާސަބަތުތައް ހިންގުމަށް ކައުންސިލުން އަންގައިފި ހިނދެއްގައި ފުރިހަމައަށް އެއްބާރުލުން ދިނުން  | 
 ކޮންމެ ނަމާދުވަގުތަކަށް 45.00ރ  | 
ވީމާ، މި ޕޫލްގައި ރަޖިސްޓްރީވެލައްވަން ބޭނުންފުޅުވާ ފަރާތްތްކުން 16 ޖަނަވަރި 2025ވާ ބުރާސްފަތި ދުވަހު13:30ގެ ކުރިން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއަކާއި ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްގެ (ދާއިރާއާއިގުޅޭ) ކޮޕީއަކާއެކު ސިޓީ އަކުން މި އިދާރާއަށް ހުށަހެޅުއްވުން އެމެވެ.