ވަޒީފާގެ ފުރުޞަތު
ނަންބަރު: 401-IUL(AD)/2015/43
ޕަބްލިޝްކުރި ތާރީޚް: 14 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 10:27
ސުންގަޑި: 30 ޖުލައި 2015 15:00
ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިޝަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ލ. ފޮނަދޫ ކައުންސިލްގެ އިދާރާ

މުސާރަ:

4465.00 ރުފިޔާ

ސަރވިސް އެލަވަންސް:

1500.00 ރުފިޔާ

 

 

މަޤާމުގެ ޝަރުޠުތައް:

1. އޮފީސް އެޑްމިނިސްޓްރޭޝަން ނުވަތަ އޮފީސް މެނޭޖްމަންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖްމަންޓް  ނުވަތަ  އިންފޮމޭޝަން  ޓެކްނޯލޮޖީގެ  ދާއިރާއިން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އޮފީސް އެޑްމިނިސްޓްރޭޝަން ނުވަތަ އޮފީސް މެނޭޖްމަންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖްމަންޓް ނުވަތަ އިންފޮމޭޝަން ޓެކްނޯލޮޖީގެ ދާއިރާއިން  2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދައްވެގެން "ޑީ" ގުރޭޑް ލިބިފައިވުމާއެކު ، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓިފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގުރޭޑް ލިބިފައިވުން.

 

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. މި އިދާރާއިން ދޫކުރެވިފައިވާ ގޯތިތަކާއި ބިންތަކުގެ ބަދަލުމައްސަލައާ ގުޅުންހުރި މަސައްކަތްތަކާއި، އިން ވަކިކޮށްދިނުމާއި ގޯތިގެދޮރާ ގުޅޭ މަސައްކަތްތައް ކުރުން.
  2. ގޯތި ދޫކުރުމާއި، ގޯތި ބަދަލްކުރުމާ ގުޅޭ މަސައްކަތްތައް ކުރުން.
  3. ރަށުގެ ޗާޓު އަޕްޑޭޓްކޮށް ބެލެހެއްޓުން.
  4. އިދާރާގެ އިންވެންޓްރީ ބެލެހެއްޓުން.

އިންޓަވިއު އާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މުވައްޒަފަކު ހޮވުމަށް ބޭއްވޭ އިންޓަވިއު ކުރުން އޮންނާނެ ތާރީޚައި ގަޑިއާއި ތަން، މި އިދާރާއިން ލިޔުމުން އަންގާނެއެވެ.

މާޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ސިވިލް  ސަރވިސްގެ  ވަޒީފާއަށް  އެދޭ  ފޯމް  ފުރުމަށްފަހު،  2015  ޖުލައި  30  ވަނަ  ދުވަހުގެ އޮފީސް ބަންދުވުމުގެ  ކުރިން، ލ. ފޮނަދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

 

އުޖޫރައާއި ޢިނާޔަތްތައް:

މި މަޤާމުގައި މަސައްކަތްކުރާ ފަރާތްތަކަށް، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، އިތުރުގަޑީގެ ފައިސާއާއި، ބައްދު ދުވަހުގައި މަސައްކަތް ކުރާނަމަ، ބަންދު ދުވަހުގެ ފައިސާ ލިބޭނެއެވެ.  އަދި ސިވިލް ސަރވިސްގެ ޤަވާއިދުގައިވާގޮތުގެމަތިން ދެވޭ އެންމެހައި ޢިނާޔަތްތައް ދެވޭނެއެވެ.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް، މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބުސައިޓުން (www.csc.gov.mv ން) މި ފޯމު، ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ.
  3. 3ވަޒީފާއަށް އެދޭ ފަރާތުގެ އައިޑީ ކާޑުގެ ދެފުށުގެ ސާފު ކޮޕީ. 
  4. ވަޒީފާއަށް އެދޭ ފަރާތުގެ ސީވީ.
  5. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭ ރަސްމީ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބޭލޭނެ މިންގަނޑު:

ސިވިލް ސަރވިސް ކޮމިޝަނުން 1 އެޕްރީލް 2013 ގައި ޢަމަލުކުރައްވަން ފަށްޓަވާފައިވާ" ސިވިލް ސަރވިސްގެ މަޤާމުތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތަކުގެ ކްރައިޓީރިއާގައިވާ ގޮތުގެ މަތިން.

 

އިތުރު މަޢުލޫމާތު:

- ވަޒީފާއަށް އެދި އެޕްލިކޭޝަނާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.  އެޕްލިކޭޝަނާއެކު ހުށަހެޅިި ތަކެތީގެ ޞައްޙަކަން ކަށަވަރުކުރުމަށްފަހު މި ލިޔުންތައް އަނބުރާ ހަވާލު ކުރެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6800082 ނަންބަރު ފޯނާއެވެ.

27 ރަމަޟާން 1436

14 ޖުލައި 2015