ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2015/364
ޕަބްލިޝްކުރި ތާރީޚް: 20 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 10:25
ސުންގަޑި: 29 ޖުލައި 2015 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޗީފް ލައިބްރޭރިއަން

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:

ޗީފް ލައިބްރޭރިއަން

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު 17,626.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 7,554.00 ރުފިޔާ

އޮފީސް:

ލައިބްރަރީ

ސްޕައިން ޕޮއިންޓް/ގްރޭޑް

52/9

މަޤާމުގެ ޝަރުޠު:

 

  • އަންނަނިވި ހުނަރާއި ތަޢުލީމުގެ ފެންވަރުގައި، ވަޒީފާގެ މަސްޢޫލިއްޔަތުތައް އަދާކުރަން އެނގުން.
  1. ފުޅާ ދާއިރާއެއްގެ މެނޭޖްމަންޓް އެކްސްޕްޓީޒް އަދި މިކަންކަމާ ގުޅޭ ތަޖުރިބާ ލިބިފައިވުން.
  2. ފުޅާ ދާއިރާއެއްގެ މެނޭޖްމަންޓް ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. ލެވެލް 9 ގެ ޕޯސްޓް ގްރޭޖްއޭޓް ކޮލިފިކޭޝަނަކާއެކު، ގުޅޭ ދާއިރާއެއްގެ ފުޅާ ތަޖުރިބާ ލިބިފައިވުން.
  • މަތީގައި ބަޔާންކުރެވުނު ހުނަރާއި ތަޢުލީމުގެ ފެންވަރަށް، ޢިލްމާއި ޤާބިލްކަން، އެހެން ކޮންބިނޭޝަންތަކުން ލިބިފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  1. ލައިބްރަރީގެ ކަންތައްތައް ބަލައި، ތަނުގެ މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒްކޮށް، ތަނުން ދެވޭ ޚިދުމަތްތަކަކީ ރައްކާތެރި އަދި ރަނގަޅުގޮތެއްގައި ދެވޭ ޚިދުމަތްތަކެއްކަން ކަށަވަރުކޮށްދިނުން.
  2. ލައިބްރަރީ ތަރައްޤީކުރުމަށް ބޭނުންވާ ތަކެތި ހޯދައި، ރެކޯޑަށްޓަކައި ނުވަތަ އާންމުކޮށް ބަލަންނުޖެހޭ ލިޔުންތައް ރަނގަޅަށް ރައްކާކުރެވިފައި ހުރޭތޯ ބެލުން.
  3. ޔުނިވަރސިޓީގެ ކުތުބުޚާނާތަކުގެ ޚިދުމަތްތަށް ދުވަހުން ދުވަހަށް ފުޅާކުރުމަށް ބޭނުންވާނެ ވަޞީލަތްތައް ނުވަތަ އެކަމަށް އެކަށޭނަ ގަވާއިދުތަކެއް ތައްޔާރުކޮށް ލައިބްރަރީ ކޮމެޓީއަށް ހުށަހެޅުމާއި، ލައިބްރަރީތައް ގަޑިއަށް ހުޅުވާފައިހުރޭތޯ ބެލުމާއި، ހުޅުވިފައި ހުންނަ ގަޑިތަކުގައި، ލައިބްރަރީ ބޭނުންކުރަމުންދާ ފަރާތްތަކަށް ތަނުގެ ބޭނުން އެންމެ އެދެވޭގޮތެއްގެމަތިން ކުރެވޭނެގޮތް ރާވައި އިންތިޒާމްކުރުން.

އުޖޫރައާއި ޢިނާޔަތްތައް:  

- އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، އިތުރުގަޑީގެ ފައިސާ.

- ބޭސްފަރުވާގެ ކަންތައްތައް ހަމަޖެހޭނެއެވެ.

 

 

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  2. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސުޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

 

 

 

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލްވާނެއެވެ.
  • އިންޓަވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓްފިކެޓް އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަކޮށްފައިވާ ފަރާތްތަކުން ތަޢުލީމީ ސެޓްފިކެޓް ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ، އިންޓަވިޔު ނިމުމަށް ފަހުގައެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

2015 ޖުލައި 29 ވާ ބުދަ ދުވަހުގެ މެންދުރުފަހު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3345157 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.

 4 ޝައްޥާލް 1436

20 ޖުލައި 2015