ދިވެހިރާއްޖެ
ކައުންސިލުން ރާވާ ހިންގާ ޙަރަކާތްތަކަށް ވަޑައިގަންނަވާ ބޭފުޅުންގެ އެކަމަޑޭޝަން ހަމަޖެއްސުމަށް ތައްޔާރުކުރާ ''ކަމަނާވެހި'' ގޭގައި ކުރަންހުރި ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
01- ކަމަނާވެހި ގޭގައި އަލުން ތަޅުން އަޅާ، ބޮޑުމުށި ޖެހުން،
02- ފާޚާނާގައި އަލުން މުށިޖަހާ، ދޮރާއި ދޮރުފަތް އަދި ފިޓިންގްސް ބަދަލުކޮށް، ފާޚާނާ އެއްކޮށް ކޮމްޕްލީޓްކޮށް ނިންމުން،
03- ކަމަނާވެހިގޭގެ ގުދަން ބައިގާ މުށިޖެހުން،
04- ބަދިގެ ކަބަޑު ބަރި ހެދޭގޮތަށް ފޯމްބޯޑުން އަށި ހަދާ، އައްޓާއި ބިތުގައި މުށިޖަހާ، ޒިންކު ބަހައްޓާ ފެންވައިރުކުރުން،
05- ކަމަނާވެހިގޭގެ ފުރަގަހަށްވާ ގޮތަށް ހުރި ބޮޑުދޮރު ބަދަލުކޮށްދިނުން
ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 19 ޖެނުއަރީ 2025 ވާ އާދީއްތަ ދުވަހުގެ 10:30 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 26 ޖެނުއަރީ 2025 ވާ އާދިއްތަ ދުވަހުގެ 10:30 އަށް މިއިދާރާއަށް ދުރުވެ، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރަން ޙާޟިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖައްސާފައިވާ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަވެސް މިފުރުޞަތުގައި ދެންނެވީމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.