ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)398 /2025/01
ޕަބްލިޝްކުރި ތާރީޚް: 09 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 12:33
ސުންގަޑި: 19 ޖަނަވަރީ 2025 10:00
ހައްދުންމަތީ މުންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަހަރާ ސާފުކޮށް ބެލެހެއްޓުމާއި ގުޅޭ

ސަހަރާ ސާފުކޮށް ބެލެހެއްޓުމާއި ގުޅޭ

       2025 ވަނަ އަހަރު ލ.މުންޑޫ ސަހަރާސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި  މައުލޫމާތާއި އެއްގޮތަށް އަންދާސީ ހިސާބު ތައްޔާރުކޮށް 19 ޖަނަވަރީ 2025 ވާ  އާދިއްތަ  ދުވަހު 10:00 އަށް މުންޑޫ ކައުންސިލް އިދާރާ އަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

  1.  ސަހަރާއުތުރުކޮޅު އިމުން ފެށިގެން ބޭރު 5 ފޫޓާއި ހަމައަށް ގަސްތައްކޮށާ ސާފުކުރުން
  2.  ސަހަރާހުޅަނގު ފަރާތު އިމުން ފެށިގެން ބޭރު 5 ފޫޓާއި ހަމައަށް ގަސްތައް ކޮށާ ސާފުކުރުން
  3.  ސަހަރާއިރުމަތި ފަރާތާއި ދެކުނު ފަރާތް އިމުން ފެށިގެން ބޭރު 10 ފޫޓަށް   ކުނި ކަހާ ސާފުކޮށް ބެލެހެއްޓުން.
  4.  ސަހަރާއެތެރޭގެ ވިނަ ނޮޅާ ސާފުކުރުން ، އެންމެ ދިގުވެގެން ސަހަރާއެތެރޭގެ  ވިނަގަނޑު އޮންނަން ވާނީ 1 ފޫޓް އުސް މިނުގައެވެ.
  5. ޕޮއިންޓް ދެވޭނީ އަގަށް 90 ޕޮއިންޓް އަދި ތަޖުރިބާއަށް 10 ޕޮއިންޓް އެވެ.
  6. ތަޖުރިބާ އަށް ޕޮއިންންޓް ދިނުމުގައި ގުނާނީ މީލާދީ މަހުންނެވެ. މަހެއް ފުރިހަމަ ނުވެ ބާކީ އިންނަ ދުވަސްތަކެއް ޕޮއިންޓް ދިނުމުގައި ނުގުނެވޭނެއެވެ. ތަޖުރިބާ  ކަމުގައި ބެލެވޭނީ އެސްޓިމޭޓް އުސޫލުން ދާއިރާއާއި  ގުޅުން ހުރި މަސައްކަތެއް ފާއިތުވި 26 މަސްދުވަހުގެ ތެރޭގައި ކޮށްފައިވާ މަސައްކަތަށްށެވެ.
  7. ސަހަރާދިގުމުނުގައި 188 ފޫޓް ހުޅަނގު ފަރާތުން އަދި އިރުމަތި ފަރާތުން ހުންނާނެއެވެ. އަދި އުތުރު ކޮޅުގައި 130 ފޫޓް ހުންނާނެއެވެ. އަދި ދެކުނު ކޮޅުގައި 150 ފޫޓް ހުންނާނެއެވެ.
  8. އަމިއްލަ ފަރާތެއް ނަމަ އައިޑި ކާޑް ކޮޕީ  އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތެއް  ނުވަތަ ކުންފުންޏެއް ނަމަ ވިޔަފާރި ރަޖިސްޓްރީ ހުށައަޅަންވާނެއެވެ.
  9. އަންދާސީ ހިސާބު ހުށައަޅާނީ 2025 ވަނަ އަހަރު ފެބުރުއަރީ މަހުން ފެށިގެން ޑިސެމްބަރުމަހުގެ ނިޔަލަށް ހަރަދުވާ ޖުމްލަ އަގު އަދި މަހަކަށް ވާ އަދަދު ވަކިން އެނގޭނެ ގޮތަށްށެވެ.

    ބިޑް ހުށައެޅުމަށް ގަޑިއަށް ޙަޒިރުނުވާ ފަރާތްތަށް ބައިވެރި ނުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

 

09 ޖަނަވަރީ 2025