ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)120-A/120/2025/1
ޕަބްލިޝްކުރި ތާރީޚް: 09 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 09:16
ސުންގަޑި: 19 ޖަނަވަރީ 2025 00:00
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2024 ވަނަ އަހަރުގެ ނޮވެންބަރު/ޑިސެންބަރު މަހު ބޭއްވި ކެމްބްރިޖް އިންގްލިޝް (ސީ.އޭ.އީ އަދި ސީ.ޕީ.އީ) އިމްތިޙާނުގެ ނަތީޖާ ދޫކުރުމާއި ރީޗެކް ކުރުމާއި ބެހޭ:

                2024 ވަނަ އަހަރުގެ ނޮވެމްބަރ ކެމްބްރިޖް އިންގްލިޝް (ސީ.އޭ.އީ އަދި ސީ.ޕީ.އީ) އިމްތިޙާނުގެ ނަތީޖާ 2025 ޖަނަވަރީ 09 އިން ފެށިގެން މިޑިޕާޓްމަންޓުން ދޫކުރަމުން ގެންދާނެއެވެ.

                މި ޑިޕާޓްމެންޓު މެދުވެރިކޮށް އަމިއްލަ ގޮތުން އިމްތިޙާނު ހެދި ކެންޑިޑޭޓުންގެ ނަތީޖާ ރީޗެކް ކުރުމަށް ބޭނުންވާނަމަ، އެކަމަށް އެދޭ ފޯމު (ސާރވިސް ރިކުއެސްޓް ފޯރމް) ފުރިހަމަ ކުރުމަށްފަހު 2025 ޖަނަވަރީ 19 ވާ އާދީއްތަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން ހުށަހެޅުން އެދެމެވެ. ސާރވިސް ރިކުއެސްޓް ފޯމް މި ޑިޕާޓްމަންޓް ގެ ކައުންޓަރުންނާއި ވެބްސައިޓް www.dpe.edu.mv  އިން ލިބެން ހުންނާނެއެވެ. އޮންލައިން ކޮށް އެޕްލިކޭޝަން ފުރާނަމަ މެއިލް ކުރާނީ [email protected]  އަށެވެ. އަދި ފައިސާ ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކޮށެވެ.

                ސެންޓަރތަކުން ބައިވެރިވި ދަރިވަރުން ރީޗެކަށް އެދި ހުށަހަޅާނީ އެދަރިވަރަކު އިމްތިޙާނުގައި ބައިވެރިވި ސެންޓަރަކަށެވެ.

                ނަތީޖާ އަދި ފޯމު ދޫކުރުމާއި، ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 08:30 އިން 13:00 އަށެވެ. ފޯމު ހުށަހަޅުއްވާ އިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު/ކޮޕީ ގެންނެވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި ޑިޕާޓްމަންޓްގެ ރިސެޕްޝަން 3041313 ނުވަތަ ހޮޓްލައިން 7957373 އަށް ގުޅުއްވުން އެދެމެވެ.

09 ޖަނަވަރީ 2025