ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)250/250/2025/1
ޕަބްލިޝްކުރި ތާރީޚް: 08 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 22:45
ސުންގަޑި: 10 ފެބުރުވަރީ 2025 13:00
ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ 06 ވަނަ ވޮލީ މުބާރާތާއި ގުޅޭ

ވަށަފަރު ކައުންސިލްގެ 06 ވަނަ ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދެޖިންސުގެ ހުރިހާ ފަރާތްތަކަކަށް ހުޅުވާލަމެވެ. މިމުބާރާތުގެ މަޤްޞަދަކީ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫޙްއާލާކުރުމާއި ވޮލީކުރިއެރުވުމާއި މިރަށުން ވޮލީއަށް މޮޅުކުޅުންތެރިން އުފެއްދުމެވެ. މީގެ އިތުރުން މި ކުޅިވަރުގެ ސަބަބުން ދުޅަހެޔޮ އެކުވެރި މުޖުތަމައެއް ބިނާކުރުމަށް އެހީތެރިވެދިނުމެވެ. މިމުބާރާތުގައި ބައިވެރިވާން އެދޭ ފޯމް މިކައުންސިލުން ލިބެން ހުންނާނެއެވެ.

ވީމާ، މުބާރާތުގައި ބައިވެރިލައްވަން އެދޭ ފަރާތްތަކުން އެޕްލިކޭޝަން ފޯމް، 2025 ފެބްރުއަރީ 10 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ޓީމްލިސްޓް ހުށަހަޅާ ބަލައިގަންނާނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 09:00 ން 14:00 އަށް މިކައުންސިލް އިދާރާގައެވެ.

08 ޖަނަވަރީ 2025