ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (A)AB-2015/183
ޕަބްލިޝްކުރި ތާރީޚް: 14 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 15:07
ސުންގަޑި:
23 ޖުލައި 2015 11:00
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
6 ސަރފޭސް ޕްރޯ-3 ގަތުމަށް
ސަރފޭސް ޕްރޯ 3 ގަތުމަށް ބޭނުންވެއްޖެ
މި ކޮމިޝަނުގެ އިދާރާއަށް 6 ސަރފޭސް ޕްރޯ-3 ގަންނަން ބޭނުންވެއެވެ.
ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތައް މި ތަކެތި ވިއްކުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ކޮމިޝަނުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ކޮމިޝަނުގެ އިދާރާއަށް ވަޑައިގެން ވަޑައިގެންދެއްވުން އެދެމެވެ
|
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
|
21 ޖުލައި 2015 (އަންގާރަ) ދުވަހުގެ 11:00 އަށް |
23 ޖުލައި 2015 (ބުރާސްފަތި) ދުވަހުގެ 11:00 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
ހުށަހަޅަންވީ ތަކެތި:
- ކޮމިޝަނުގެ އިދާރާއަށް މި ޚިދުމަތްތައް ދިނުމަށް ހުށަހަޅާ އަގު:
- މުއްދަތު:
- ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 20 ދުވަހަށް ވާންވާނެއެވެ.
- ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ، މިމަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު)
- އެމަސައްކަތަކާ ގުޅިގެން ކޮމިޝަނުން ދޭ މަޢުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާ އެހެނިހެން މަޢުލޫމާތުތައް.
ނޯޓު:
- މަޢުލޫމާތު ފުރިހަމަނޫން އަންދާސީހިސާބުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު އިލެކްޝަންސް ކޮމިޝަނުގެ އިދާރާއަށް ލިބިގެންވެއެވެ. އަދި އަންދާސީހިސާބުތައް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރުވެސް އިލެކްޝަންސް ކޮމިޝަނުގެ އިދާރާއަށް ލިބިގެންވެއެވެ.
- މި އިޢުލާނާ ގުޅިގެން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3004434 / 3004444 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] އަށެވެ.
- އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
- ހިލާލީމަގު، މާފަންނު
- މާލެ، ދިވެހިރާއްޖެ
27 ރަމަޟާން 1436
14 ޖުލައި 2015