ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)249-M/249/2025/5
ޕަބްލިޝްކުރި ތާރީޚް: 08 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 14:13
ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމާއި ގުޅޭ

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި  އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު  އާންމުކޮށް ވަކިމުއްދަތެއްނެތި ހުޅުވާލަމެވެ.

މި ދަފްތަރުގައި އަލަށް ރަޖިސްޓްރީ ވާ ފަރާތްތަކަށް އެ އަހަރުގެ ފިޠުރު ޒަކާތް ދެވޭނީ، އެ އަހަރުގެ ރަމަޟާންމަހުގެ ފުރުތަމަ ދުވަހާ ހަމަޔަށް ރަޖިސްޓަރީވެފައިވާނަމައެވެ. އަލި މުދަލު ޒަކާތް ދެވޭނީ، އެ އަހަރުގެ ޙައްޖުމަހުގެ ފުރުތަމަ ދުވަހާ ހަމަޔަށް ރަޖިސްޓަރީވެފައިވާނަމައެވެ.

ވީމާ، ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވާން އެދޭފަރާތްތަކުން "ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓްރީވާން އެދޭ ފޯމް" ފުރުއްވުމަށްފަހު މި އިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ. އަދި މިފޯމު މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެ ވާހަކަ ދެންނެވީމެވެ.

  ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

08 ޖަނަވަރީ 2025