ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)296/296/2025/2
ޕަބްލިޝްކުރި ތާރީޚް: 08 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 13:11
ސުންގަޑި: 20 ޖަނަވަރީ 2025 13:00
މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފޮއްދޫ ޕްރީސްކޫލަށް އަލަށް ވަންނަ ކުދިންނަށް ފުރުޞަތު ހުޅުވާލުން

ފޮއްދޫ ޕްރީ ސްކޫލަށް އަލަށް ވަންނަން އެދޭ ކުދިންނަށް ފުރުޞަތު ހުޅުވާލަމެވެ. މިކަމަށް އެދޭ ބެލެނިވެރިން "ފޮއްދޫ ޕްރީ ސްކޫލަށް ވަންނަން އެދޭ ފޯމް" 20 ޖަނަވަރީ 2025 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
ނާސަރީ އުމުރު ފުރާ ބަލާނީ 2024 ވަނަ އަހަރުގެ ޑިސެމްބަރ 31 އަށް ޢުމުރުން 03 އަހަރު ފުރި 04 އަހަރު ނުފުރޭ ކުދިންނެވެ. އަދި ބޭބީ ނާސަރީ އުމުރު ފުރާ ބަލާނީ 2024 ވަނަ އަހަރުގެ ޑިސެމްބަރ 31 އަށް ޢުމުރުން 02 އަހަރު ފުރި 03 އަހަރު ނުރުފޭ ކުދިންނެވެ.
               ވީމާ މިކަން އާންމުކޮން އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

08 ޖަނަވަރީ 2025