ދިވެހިރާއްޖެ
(IUL)38-BB/38/2025/4 :ނަންބަރު
އިޢުލާން
ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަން 2025 އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން 2025 ގެ ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާނެ އޮފިޝަލުން ހޯދުން |
2025 ފެބުރުވަރީ 08 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަން 2025 އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން 2025 ގެ ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް އިޢުލާން ކުރަމެވެ. އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.
ބައި އިލެކްޝަންއާ ގުޅިގެން ވޯޓުލާ މަރުކަޒު ގާއިމްކުރުމަށް ހަމަޖެހިފައިވާ ސިޓީ/ރަށްތައް:
|
|
|
|
|
|
|
|
|
|
|
|
ޝަރުތު:
- ޢުމުރުން 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން.
- އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަޤާމެއް އަދާކުރަމުންދާ ފަރާތެއް ކަމުގައި ނުވުން.
- އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ޙަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ނުވުން.
- އޮފިޝަލަކަށްވުމަށް އެދި ފޯމު ހުށަހެޅި ދާއިރާ / ރަށަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ މަންމައެއް، ބައްޕައެއް، ދަރިއެއް، އަންބެއް، ފިރިއެއް، އެއްބަނޑުއެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ މީހަކަށް ނުވުން.
- އޮފިޝަލެއްގެ މަސައްކަތް ކުރެވޭނެ ތަޢުލީމާއި ތަޖުރިބާ ހުރުން.
- މިފަދަ މަސައްކަތަކަށް ޞިއްޙީ ގޮތުން ޤާބިލު މީހަކު ކަމުގައިވުން.
- ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒު ކުރަމުންދާ މީހަކު ކަމުގައި ނުވުން.
އުޖޫރަ:
މަޤާމު |
ދެވޭ އުޖޫރަ |
ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފިނަމަ |
-/1800ރ (އަށާރަސަތޭކަ ރުފިޔާ) ހަމައެކަނި ވޯޓުލާދުވަހު. |
ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް ހަމަޖައްސައިފިނަމަ |
-/1600ރ (ސޯޅަސަތޭކަ ރުފިޔާ) ހަމައެކަނި ވޯޓުލާދުވަހު. |
ވޯޓުލާ މަރުކަޒެއްގެ އޮފިޝަލެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ |
-/1500ރ (ފަނަރަސަތޭކަ ރުފިޔާ) ހަމައެކަނި ވޯޓުލާދުވަހު. |
ރިޒާވް އޮފިޝަލަކަށް ހަމަޖައްސައިފިނަމަ |
-/700ރ (ހަތްސަތޭކަ ރުފިޔާ) ހަމައެކަނި ވޯޓުލާދުވަހު. |
- އުޖޫރައިގެ އިތުރުން، މަސައްކަތްކުރާ ވަގުތަށް ބަލައި ވޯޓުލާދުވަހުގެ ކެއުމާއި ސައި ކޮމިޝަނުން ހަމަޖައްސައިދޭނެއެވެ. ނުވަތަ ކެއުމާއި ސަޔަށްވާ ފައިސާ މާލިއްޔަތު ޤަވާޢިދުގައިވާ ރޭޓުން އޮފިޝަލް އެލަވަންސްއާއެކު ޖަމާކުރެވޭނެއެވެ.
- ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފިނަމަ ފޯނު އެލަވަންސްގެ ގޮތުގައި -/100ރ (ސަތޭކަ ރުފިޔާ) ލިބޭނެއެވެ.
- މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން މިމަސައްކަތަށް ޚާއްސަކޮށްގެން ހިންގޭ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަން ޖެހޭނެއެވެ. ތަމްރީން ޕްރޮގްރާމް ފުރިހަމަކޮށް އޮފިޝަލެއްގެ ގޮތުގައި މަސައްކަތް ފުރިހަމަ ކުރުމުން ޓްރޭނިންގ އެލަވަންސްގެ ގޮތުގައި -/300ރ (ތިންސަތޭކަ ރުފިޔާ) ލިބޭނެއެވެ.
- މި ތަމްރީނު ފުރިހަމަނުކުރާ ފަރާތްތަކުން އޮފިޝަލަކަށް ވުމަށް އެދި ފޯމު ހުށަހެޅި ނަމަވެސް ފުރުޞަތު ނުދެވޭނެއެވެ.
- މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދެވޭނީ 2025 ފެބުރުވަރީ 1 އާ 4 އާ ދެމެދުގައެވެ.
- އޮފިޝަލަކަށް ވުމަށް އެދި ފޯމު ހުށަހަޅާ ފަރާތަކީ 2025 ފެބުރުވަރީ 1 އިން 8 އަށް ވޯޓުލާ މަރުކަޒު ގާއިމްކުރާ ސިޓީ/ރަށުގައި ހުންނަ ފަރާތަކަށް ވާންވާނެއެވެ.
ނޯޓް:
- ވޯޓުލާ މަރުކަޒުގެ އޮފިޝަލަކަށް ވުމަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތަކުން ، އޮބްޒާވަރ، މޮނިޓަރ، އަދި ކެންޑިޑޭޓްގެ މަންދޫބަކަށް ވުމަށް އެދި ފޯމު ހުށަހަޅާ ފާސް ދޫކުރެވިއްޖެނަމަ، އެ ފަރާތަކުން އޮފިޝަލުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާފައިވާ ފޯމު ބާތިލުވާނެއެވެ.
- އޮފިޝަލުން ނެގުމަށް ހަމަޖެހިފައިވަނީ އިންތިޚާބަށް ބޭނުންވާ އަދަދަށެވެ. މި އަދަދު ހަމަވުމުން އިތުރަށް އޮފިޝަލުން ނުނަގާނެއެވެ.
- އޮފިޝަލަކަށްވުމަށް އެދި ފޯމު ހުށަހަޅާ ފަރާތަކީ ވޯޓުލާ މަރުކަޒު ގާއިމުކުރާ ސިޓީ/ރަށުގައި ދިރިއުޅޭ ފަރާތަކަށް ވާންވާނެއެވެ.
ހުށަހަޅަންޖެހޭ ތަކެތި:
- ހާސިލްކޮށްފައިވާ އެންމެ މަތީ ތަޢުލީމީ ސެޓްފިކެޓުގެ ކޮޕީ
- ވަނަވަރު
- ވަޒީފާގައި އުޅޭނަމަ އެކަން އަންގައިދޭ ލިޔުން
ސުންގަޑި:
- އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާން ޝައުޤުވެރިވާ ފަރާތްތަކުން 2025 ޖަނަވަރީ 19 ވާ އާދީއްތަ ދުވަހުގެ 15:00 ކުރިން އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.
- ބޭނުންވާ ޢަދަދަށް މަސައްކަތަށް އެކަށޭނަ މީހުން ނުލިބޭނަމަ، އޮފިޝަލުން ހަމަވަންދެން ފޯމް ބަލައިގަންނާނެކަމުގައި ދެންނެވީމެވެ.