ޢާންމު މަޢުލޫމާތު
ނަންބަރު: 297/297/2025/1
ޕަބްލިޝްކުރި ތާރީޚް: 08 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 11:48
ސުންގަޑި: 30 ޖަނަވަރީ 2025 00:00
މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެލިދޫ ނައިޓް މާކެޓް 2025

ވެލިދޫ ނައިޓް މާކެޓް 2025

އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ރަމަޟާންމަހަށް ހާއްޞަކޮށްގެން ނ. ވެލިދޫގައި ނައިޓްމާކެޓެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން މިއަހަރުގެ ނައިޓްމާކެޓްގައި ބައިވެރިވުމުގެ ފުރުޞަތު މިވަނީ މުޅި ނ.އަތޮޅަށް ހުޅުވާލެވިފައެވެ.

           ނައިޓް މާކެޓް ބޭއްވުމުގެ މަޤްޞަދަކީ އަތޮޅުގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް، އުފެއްދުންތެރިކަމާއި ވިޔަފާރީގެ ފުރުޞަތުތައް ތަނަވަސް ކޮށްދިނުމާއި، އެކަމުން ނަފާ ހޯދޭނެ މަގުފަހިކޮށްދިނުމާއި، ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު، ހެޔޮ އަގުގައި މުދާ ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ އިތުރުން އާންމު އިޖްތިމާއީ ޙަރަކާތްތެރިކަން އިތުރުކުރުމުގެ ގޮތުން، 20 ފެބްރުއަރީ އިން 22 ފެބްރުއަރީ 2025 އަށް ނ.ވެލިދޫގައި ނައިޓް މާކެޓެއް ބޭއްވުމަށް މިއިދާރާއިން ވަނީ ހަމަޖެހިފައެވެ.

 

މި ނައިޓް މާކެޓުގައި ވިއްކޭނެ ބާވަތްތަކަކީ:

  • ބަންދު ކުރެވިފައިވާ ދިވެހިއުފެއްދުން،
  • އަތްތެރި މަސައްކަތްތެރިކަމުގެ އުފެއްދުން އަދި ކުރެހުން.
  • އިމްޕޯޓް މުދަލުގެ ގޮތުގައި ވިއްކުން ހުއްދަ ކުރެވިފައިވާ ބާވަތްތަކުގެ މުދާ
  • އެކިބާވަތް ބާވަތުގެ ލުއިކާނާ، ބުއިންތައް ފަދަ ތަކެތި

 

ނައިޓް މާކެޓުހިންގުމަށް އެކުލަވާލެވިފައިވާ ޤަވާއިދު މިއިދާރާގެ ވެބްސައިޓްއިގައި އާއްމުކުރެވިފައިވާނެއެވެ.

ނައިޓްމާކެޓްގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިއިޢުލާނާއިއެކުވާ ފޯމް 30 ޖެނުއަރީ 2025 ވާ ބުރާސްފަތި ދުވަހުގެކުރިން ފުރިހަމަ ކުރެއްވުން އެދެމެވެ.

 

                  މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

08 ޖަނަވަރީ 2025