ދިވެހިރާއްޖެ
އިޢުލާނު
|
|
މަޤާމު: |
އެސިސްޓެންޓް ކަސްޓަމަރ ސަރވިސް އޮފިސަރ |
މަޤާމުގެ ނަންބަރު: |
J-406964 |
ބޭނުންވާ އަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކު: |
ޖީ. އެސް. 3 |
މަޤާމުގެ ކްލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 1 |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ހދ. މަކުނުދޫ ޞިއްޙީ މަރްކަޒު |
މުސާރަ: |
-/4465 ރުފިޔާ (ހަތަރުހާސް ހަތަރުސްތޭކަ ފަސްދޮޅަސް ފަސް ރުފިޔާ) |
ސަރވިސް އެލަވަންސް: |
-/1500 ރުފިޔާ (ފަނަރަސްތޭކަ ރުފިޔާ) |
އެހެނިހެން އެލަވަންސް: |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1- ޞިއްޙީ މަރުކަޒަށް ޚިދުމަތް ލިބިގަތުމަށް ނުވަތަ އެކިކަންކަމު އަންނަ މީހުންނަށް މަރުޙަބާ ކިއުމާއި އެކު އެމީހެއްގެ ބޭނުން ރަނގަޅަށް އޮޅުންފިލުވައި ފިޔަވަޅު އެޅުމާއި، އަންނަ ފޯންކޯލްތަކަށް ޖަވާބުދާރީވެ، ޔަޤީން މަޢުލޫމާތު ފޯރުކޮށްދިނުމާއި، ފޯނުން ލިބޭ މެސެޖް ނޯޓްކޮށް އަވަހަށް އެފަރާތްތަކަށް ރައްދުކުރުމާއި، އޯޕީޑީ އިން ޢާންމުކޮށް ގުޅަންޖެހޭ ފަރާތްތަކާއި ގުޅާ ހެދުން. 2- ފަރުވާހޯދުމަށް އަންނަ ކޮންމެ މީހަކަށް އެކަމާގުޅިގެން ކުރަންޖެހޭ މުޢާމަލާތްތައް ކޮށް ފުރިހަމަކުރަންޖެހޭ ލިޔުންތައް ތައްޔާރުކޮށް ލަސްނުވެ ފަރުވާލިބޭނެ އިންތިޒާމް ހަމަޖެއްސުން. 3- އާސަންދައިގެ ދަށުން އަދި އެހެނިހެން ގޮތްގޮތުން ޚިދުމަތް ހޯދާ ފަރާތްތަކަށް ޚިދުމަތް ދިނުމާއި، ނަގަންޖެހޭ ފައިސާ ނެގުމާއި، ބިލްތަކާއި ރިޕޯރޓްތައް ތައްޔާރުކުރުން. 4-ހާލުދެރަ ބަލިމީހަކު ޞިއްޙީމަރުކަޒަށް ގެންނަން ވެއްޖެނަމަ ނުވަތަ ބަލިމީހަކު އަންނަކަމުގެ މަޢުލޫމާތު ލިބުމުން ކުރަންޖެހޭ ކަންތައްތައް ކުރުމާއި، ބަލި މީހާއަށް އަވަހަށް ފަރުވާ ދެވޭނޭ އިންތިޒާމް ހަމަޖެއްސުން. 5- ތަނުން ފޯރުކޮށްދޭ ޚިދުމަތްތަކާއި، ޢާއްމު މަޢުލޫމާތު ހިމެނޭ ލިޔުންތަކާއި، ނިޝާންތައް ފެންނާނޭހެން ބެހެއްޓުމާއި، ޙަވާލުކުރަންޖެހޭ ލިޔުންތައް ނުވަތަ މަޢުލޫމާތު ފޯރުކޮށް ދިނުން. 6- ޞިއްހީ މަރުކަޒަށް އަންނަ ކޮންމެ މީހަކާއި ނުވަތަ ފޯނުންގުޅާ ކޮންމެމީހަކާއި ބައްދަލުކޮށް އިހުތިރާމާއި އެކު މެހެމާން ދާރީ އަދާކުރުމާއި އޭނާގެ ބޭނުމަށް އެކަށީގެންވާ ގޮތުގެމަތީން ޖަވާބުދީ އަވަސްކޮށް ކަންކަން ނިމިގެންދާނެ އިންތިޒާމު ހަމަޖެއްސުން. 7- ހިންހަމަޖެހޭގޮތެއްގެ މަތީން ޚިދުމަތްތައް ހޯދަން އަންނަ ފަރާތްތަކުގެ ބޭނުންތައް ފުއްދައި ދިނުމަށް މަސައްކަތް ކުރުމާއި، އިޙްތިރާމާއި އޯގާތެރިކަން އެމިހަކާއި މެދު ބެހެއްޓުމާއި،އަވަސްކޮށް ހަލުއިކޮށް ޚިދުމަތްފޯރުކޮށް ދިނުމަށް މަސައްކަތްކުރުން. 8- މީހަކުބޭނުންވާކަމެއް ވަގުތުންކޮށް ނުދެވޭނަމަ ނުވަތަ ލަސްވާނަމަ ޚިދުމަތް ލިބިގަތުމަށް މަޑުކުރާ މީހެއްގެ ކަންތައް ކުރިއަށްދާގޮތުގެ މަޢުލޫމާތު އެމީހަކަށް ލިބޭނެގޮތް ހަމަޖެއްސުން. 9- ވަގުތުން ފަރުވާ ދޭންޖެހޭ ސީރިއަސް ބަލިމީހެއްނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކޭނެ ގޮތް ހަމަޖެއްސުމާއެކު ނަރުހުންގެ ޝިފްޓް އިންޗާޖަށް އެންގުން، މެޑިކަލް އޮފިސަރަށް އެންގުން، ޞިއްޙީމަރުކަޒު ހިންގުމާ ޙަވާލުވެ ހުންނެވި ފަރާތައް އެންގުން، އެންބިއުލާންސް ތައްޔާރު ކުރުވާ އެބަލިމީހަކު ބަލާ ފޮނުވުން، އެޓެންޑެންޓުން ތައްޔާރަށް ބޭތިއްބުން. 10-ޑޮކްޓަރުންނާ ނަރުހުންނާ މިނޫންވެސް ޑިއުޓީ މުވައްޒަފުންގެ ޑިއުޓީރޯސްޓާތައް ފަސޭހައިން ޑިއުޓީ އެނގޭގޮތަށް ބެހެއްޓުމާއި ޑޮކްޓަރުންގެ ޑިއުޓީ ރޭވިފައިވާގޮތް ޑިއުޓީރޯސްޓަރަށްބަލާ މަޢުލޫމާތު ދިނުން. 11- ޝިފްޓް އުޞޫލުން ޑިއުޓީ އަދާކުރުމާއި، ޝިފްޓް ޑިއުޓީގައި ޙާޟިރީ ބެލެހެއްޓުމުގައި އިސްކޮށް މަސައްކަތް ކުރުމާއި އޯޕީޑީގެ ކައުންޓަރުގައި ހުންނަ ފޮތްތަކާއި ލިޔުންތަކާއި ތަޅުދަނޑި ތައް ހަމަޖެހިފައިވާ އުސޫލުން ބެލެހެއްޓުން. 12- ރިސެޕްޝަން ނުވަތަ ކަސްޓަމަރ ސާވިސް އޭރިއާގެ މަސައްކަތްތަކުގައި އިސްކޮށް މަސައްކަތް ކުރުމާއި ޝިފްޓް ޑިއުޓީގައި ޙާޟިރީ ބެލެހެއްޓުމުގައި އިސްކޮށް މަސައްކަތް ކުރުމާއި އޯޕީޑީގެ ކައުންޓަރުގައި ހުންނަ ފޮތްތަކާއި ލިޔުންތަކާއި ތަޅުދަނޑި ތައް ހަމަޖެހިފައިވާ އުސޫލުން ބެލެހެއްޓުމާއި ރިސެޕްޝަން އޭރިޔާގެ މުވައްޒަފުންގެ މަސައްކަތްތައް ބެލެހެއްޓުން. 13- ފަރުވާ ހޯދުމަށް އަންނަ ބަލިމީހުންނަށް އޯޕީޑީ / އައިޕީޑީ ގައި ބަލިމީހާ ބުނާ ވާހަކަ ޑޮކްޓަރަށާ ބަލިމީހާއަށް އޮޅުން ފިލުވައި ދިނުން. އަދި ޑޮކްޓަރު ބުނުއްވާ ވާހަކަ ބަލިމީހާއަށް ތަރުޖަމާ ކޮށްދިނުމާއި ބޭސް ސިޓީ ލިޔުމުގަތާއި ލިޔެފައިވާ ބޭސް ސިޓީ ބަލިމީހާއަށް ސާފުކޮށް ކިޔައި ދިނުން. 14- ވަޒީފާގެ ގޮތުން މުވައްޒަފަށް އެނގޭ އޮފީހުގެ އެތެރޭގެ ސިއްރުތަކާއި ބަލިމީހުންގެ ސިއްރުތަކާއި ތަފާތު ކަންކަން އާއްމުންނަށް ހާމަނުކުރުން. 15- މަސައްކަތަށާއި ވެރިންނަށް އިޙްލާސްތެރިވެ ހަވާލުކުރެވޭ މަސައްކަތް ފުރިހަމައަށް އަދާކުރުމާއި އެހެން މުވައްޒަފުންގެ މަސައްކަތުގައި އެހީތެރިވުމާއި އިދާރީ ބައިން އަންގަވާ ކަންތައްތައް ކުރުން. 16- މެޑިކަލް ރެކޯރޑް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމާއި، ކަމާބެހޭ މުވައްޒަފުންނަށް ފޯރުކޮށްދިނުމާއި،ޑެއިލީ އަދި މަންތްލީ ރިޕޯރޓްތައް ތައްޔާރުކުރުމުގައި ބައިވެރިވުމާއި މެޑިކޯ ލީގަލް ރިޕޯރޓް ތައްޔާރު ކުރުމާއި އަހަރީ ރިޕޯރޓް
17- ޞިއްޙީ މަރުކަޒުން ޙިދުމަތްހޯދާ ހުރިހާ ފަރާތްތަކަށް އާސަންދައާއި އެހެނިހެން އިންޝުއަރެންސް ސްކީމްތަކުގެ ޚިދުމަތް ޤަވާއިދާ އެއްގޮތަށް ދިނުން އެފަރާތްތަކަށް ހަދަންޖެހޭ ބިލްތައް އަދި އިންވޮއިސް ހެދުމާއި އެފައިސާ ހޯދުމަށް މަސައްކަތް ކުރުމާއި، އަގުނެގުމަށް ހަމަޖެހިފައިވާ ޚިދުމަތްތަކަށް އަގުނެގުމާއި، ލިބޭ ފައިސާ ބަލައި ގަތުމާއި، ރަސީދު ހެދުމާއި، އާމްދަނީ ގޮތުގައި ލިބޭ ފައިސާ ބަލައިގަތުމާއި ލިޔެކިޔުންތައް ރެކޯރޑް ކުރުމާއި، އާމްދަނީ ފައިސާއާއި ގުޅޭ ރިޕޯރޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ތަންތަނަށް ޤަވާއިދުން ފޮނުވުން. 18- ޙާއްސަ ދުވަސްތައް ފާހަގަ ކުރުމުގެ ގޮތުން މަރުކަޒުގެ ފަރާތުން ހިންގާ ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވުން. 19- ސިއްހީ އެމަޖެންސީތަކާއި ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން. |
މަޤާމުގެ ޝަރުޠުތައް: |
ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓް 3 ޙާޞިލްކޮށްފައިވުން |
މަޤާމުގެ ތަޢުލީމީ ރޮނގުތައް -
|
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް އެޑްމިނިސްޓްރޭޝަން މެނޭޖްމެންޓް ކަސްޓަމަރ ސަރވިސް |
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (ނ) މަސައްކަތަށް ބޭނުންވާ ލައިސަންސް
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް". |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ. |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 16 ޖަނަވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، މި ހޮސްޕިޓަލު އިދާރީ އޮފީސް (ދެވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް (([email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
އިންޓަރވިއު، އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 17 ޖަނަވަރީ 2025 އިން 17 ފެބްރުވަރީ 2025އާއި ދެމެދު، މި ހޮސްޕިޓަލު މީޓިންގ ރޫމްގައެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6521661 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ. |