ޢާންމު މަޢުލޫމާތު
                	ނަންބަރު: (IUL)364-ESMS/364/2025/4
                    ޕަބްލިޝްކުރި ތާރީޚް: 08 ޖަނަވަރީ 2025
                    ޕަބްލިޝްކުރި ގަޑި:  08:51
                                            ސުންގަޑި: 
                            16 ޖަނަވަރީ 2025 13:00
                        
                    
                 
                މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
             
            
                އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ އިމްތިޙާނު ކުރާނެ އެގްޒަމިނަރުން ބޭނުންވެއްޖެއެވެ. އިމްތިޙަނު އޮންނާނީ މިއިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި ކަނޑައަޅާ ތަނެއްގައެވެ. މި މަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށްވެސް ކުރެވިދާނެ މަސައްކަތެކެވެ.
| 
 މަޤާމް: 
 | 
 އެގްޒަމިނަރ 
 | 
| 
 ބޭނުންވާ ޢަދަދު: 
 | 
 02 ފިރިހެން، 03 އަންހެން 
 | 
| 
 އުޖޫރަ: 
 | 
- ދެ ފޮރޮޅުލީ އުޅަނދެއް އިމްތިހާނު ކުރާނަމަ ކޮންމެ ދުއްވުމަކަށް -/15ރުފިޔާ
 
- ތިން ފުރޮޅު އަދި ހަތަރު ފުރޮޅުލީ އުޅަނދެއް އިމްތިހާނުކުރާނަމަ ކޮންމެ ދުއްވުމަކަށް -/25ރުފިޔާ
 
 
 | 
| 
 މުއްދަތު: 
 | 
 02 އަހަރު 
 | 
| 
 ސަރުތު: 
 | 
- މ.މުލަކުގައި ދިރިއުޅޭ ފަރާތެއް ކަމުގައިވުން.
 
- ފާއިތުވި 05 އަހަރު ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި ނުވުން، އަދި ޖިނާއީކުށެއް ކޮށްފައިވާ މީހަކު ކަމުގައި ނުވުން.
 
- ދާއިމީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްއޮތުން.
 
- އުމުރުން 55 އަހަރުން ދަށުގެ މީހަކު ކަމުގައިވުން.
 
- މި ކައުންސިލްގައި އަދި ޑްރައިވިންގ ސްކޫލެއްގައި އެއްވެސް ހައިސިއްޔަތަކުން މަސައްކަތްކުރާ މީހެއްކަމުގައި ނުވުމާއި، ވޭތުވެދިޔަ 1 އަހަރުދުވަހުގެ ތެރޭގައި ޑްރައިވިންގ ސްކޫލެއްގައި މަސައްކަތްކޮށްފައިނުވުން.
 
 
 | 
| 
 ހުށަހަޅަންޖެހޭ 
ލިޔުންތައް: 
 | 
- ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
 
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ
 
- ޑްރައިވިންގެ ލައިސަންސް ކޮޕީ
 
- 03 މަސްދުވަސް ނުވާ ޕޮލިސް ރިޕޯޓް
 
 
 | 
 
އެގްޒަމިނަރުން ހޮވުމުގައި ދާއިމީ ލައިސަންސްގައިވާ ކެޓަގަރީގެ ޢަދަދަށާއި، ލައިސަންސްގެ މުއްދަތަށާއި އަދި ގިނަވަގުތު ރަށުގައި ހުރެވޭ މީހުންނަށް އިސްކަންދެވޭނެއެވެ. ހުށަހަޅަނޖެހޭ ލިޔުންތައްހުށަހަޅާނީ 2025 ޖެނުއަރީ 16 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން މި އިދާރާއަށެވެ. އީމެއިލްގެ ޒަރިންޔާއިންނަމަ، [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.