ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)254/254/2025/3
ޕަބްލިޝްކުރި ތާރީޚް: 07 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 13:57
ސުންގަޑި:
16 ޖަނަވަރީ 2025 13:30
ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
1446 ވަނަ އަހަރު ރަމަޞާން މަހު ތަރާވީޙް ނަމާދު ކުރުމަށް ގެންނަ ހާފިޒްގެ އެކޮމަޑޭޝަން ހަމަޖެއްސުމާ ގުޅޭ
1446 ވަނަ އަހަރުގެ ރަމަޟާން މަހު ތަރާވީޙް ނަމާދު ކުރައްވާ އިމާމް ހުންނެވުމަށް އެއްމަސް ދުވަހަށް 1 ކޮޓަރި ( އޭސީ ، ފާޚާނާ ، ދޮވެއިސްތިރި ކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިންނުން) ޚިދުމަތް ދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މި ކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވާ ނަމަ ކައުންސިލް އިދާރާއަށް ހާޒިރުވެ ނުވަތަ މިއިދާރާގެ ނަންބަރު 6500034 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ވީމާ، މި ކަމަށް އެދޭފަރާތްތަކުން 16 ޖަނަވަރީ 2025 ވަނަ ދުވަހުގެ 13:30 އަށް މި ކައުންސިލަށް ހާޒިރުވެ އަގު ހުށަހެޅުން އެދެމެވެ. އަގު ހުށަހަޅަންވާނީ މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާ އަގު ހުށަހަޅާފޯމް މެދުވެރިކޮށް ކަމުގައި ދަންނަވަމެވެ.
ވީމާ. މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
07 ޖަނަވަރީ 2025