ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)218-Accred/218/2025/3
ޕަބްލިޝްކުރި ތާރީޚް: 07 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 12:59
ސުންގަޑި: 31 ޖުލައި 2025 14:00
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
ވެލިޑޭޓް ކުރުމަށްފަހު ނުގެންގޮސްހުރި ސަނަދުތަކާ ގުޅޭ

އެކިއެކި ފަރާތްތަކުން މި އޮތޯރިޓީއަށް ހުށަހަޅައިގެން ވެލިޑޭޓް ކޮށްފައިވާ ސަނަދުތަކުގެ ތެރޭގައި، ކުރިން ވެލިޑޭޓް ކޮށްފައިވާ ގިނަ ސަނަދުތަކެއް ވެރިފަރާތުން ނުގެންގޮސްވާކަން ވަނީ ފާހަގަކުރެވިފައެވެ.

 

ވުމާއެކު، 31 ޑިސެމްބަރ 2022 ގެ ކުރިން ވެލިޑޭޓް ކޮށްފައިވާ ސަނަދުތައް، 31 ޖުލައި 2025 ގެ ކުރިން ސަނަދުތަކާއި ވެރިފަރާތުން ހަވާލުވުމަކީ މި އޮތޯރިޓީގެ ވަރަށް ބޮޑު އެދުމެކެވެ. މީގެއިތުރުން މި މުއްދަތުގައި ނުގެންދާ ސަނަދުތައް ފައިލް ކުރެވޭނެ ވާހަކަ އެ ފަރާތްތަކުގެ މަޢުލޫތަށްޓަކައި ދެންނެވީމެވެ. އަދި 31 ޖުލައި 2025 ގެ ފަހުން އެ ތާރީޚުގެ ސަނަދެއް ބޭނުންވެއްޖެނަމަ އަލުން އާ އެޕްލިކޭޝަނެއްގެ ގޮތުގައި މި އޮތޯރިޓީއަށް ހުށަހަޅައިގެން ވެލިޑޭޓް ކުރުމުގެ ޕްރޮސެސް ކުރިއަށް ގެންދިއުން އެދެމެވެ.

 

އަދި މިއާއެކު، ވޭތުގެ ދިޔަ ދެ އަހަރު ކަމުގައިވާ 2023 އަދި 2024 ގައި ވެލިޑޭޓްކޮށް ވެރިފަރާތުން ހަވާލުނުވާ ސަނަދުތައްވެސް ވީ އެންމެ އަވަހަށް ވެރިފަރާތުން ހަވާލުވުމަށް ދަންނަވަމެވެ.

 

ވީމާ، މިކަން ޢާންމުންގެ ސަމާލުކަމަށްޓަކައި ދެންނެވީމެވެ.

07 ޖަނަވަރީ 2025