ދިވެހިރާއްޖެ
1446 ވަނަ އަހަރުގެ ރަމަޟާންމަހު އަނގޮޅިތީމު މަސްޖިދުލްނޫރު މިސްކިތުގައި އިމާމްވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، ނުވަތަ ރާއްޖެއިން ބޭރުން ޙާފިޡަކު ގެނެއުމުގެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2025 ޖަނަވަރީ 14 ވާ އަންގާރަ ދުވަހުގެ 13:30ގެ ކުރިން އަގު ބަޔާން ކޮށް ކޯޓޭޝަން މިއިދާރާއަށް ހުށައެޅުއްވުމަށް ދަންނަވަމެވެ. މެއިލް ކުރައްވާނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ޙާފިޡު ގެންނަފަރާތުން ތިރީގައި ދަންނަވާފައިވާ ކަންތައްތައް ހަމަޖައްސަންވާނެއެވެ.
- ޙާފިޡު ގެނައުމަށް ބޭނުންވާ އެންމެހާ ހުއްދަ ހޯދުން.
- ޙާފިޡު ރާއްޖެ ގެނައުމަށް ބޭނުންވާ ވިސާ ހަމަޖެއްސުން.
- ޙާފިޡު ރާއްޖެ ގެނައުމާއި ރަށާހަމައަށް ގެނެސްދިނުން.
- ޙާފިޡު މާލޭގައި މަޑުކުރައްވާ ދުވަހުގެ ހުރުމާ ކެއުން ހަމަޖެއްސެވުން.
- ރަމަޟާން މަސް ނިމުމުން،ޙާފިޡު އަނބުރައި މާލެ ގެންގޮސް އޭނާގެ ޤައުމަށް ފޮނުވާލުން.
- ޙާފިޡު އިންޝުއަރެންސް ކުރަންޖެހޭނަމަ އިންޝުއަރކުރުން.
މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ މިއިދާރާގެ ނަންބަރު 6580071 ފޯނާ ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.