ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)309-ESM/309/2025/4
ޕަބްލިޝްކުރި ތާރީޚް: 07 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 10:38
މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އެކި ސަރަޙައްދުތަކުގައި ރަޖިސްޓްރީނުކޮށް ހުރި އުޅަނދުތަކާއި ގުޅޭ

     މިރަށުގައި ސިނާޢީ މަސައްކަތް ކުރުމަށާއި އެކިއެކި މަސައްކަތް ކުރުމަށް ވަގުތީ ކުލީބިމާއި ބިޑް އުސޫލުން ބިން ދޫކުރުމުގެ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. މި މަސައްކަތްތަކުގެ ތެރެއިން ރަށުގެ އޮޑިދޯނިއެހެލާ ސަރަޙައްދުގައި ހުރި ބައު އުޅަނދުތަކާއި އެކި ސަރަޙައްދުތަކުގައިހުރި އުޅަނދުތައް ރަޖިސްޓަރީކުރުމަށް މިއިދާރާއިން ވާނީ ދެންނެވިފައެވެ. އަދި ވަގުތީ ކުލީ ބިން ދޫކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދުގައި އެއްވެސް ފަރާތެއްގެ މުދަލެއްހުރިނަމަ ނަންގަވާ ބިން ސާފުކޮށްދިނުމަށް ވެސް ވާނީ އެތައް ފަހަރެއްގެ މަތިން އެންގިފައެވެ. ނަމަވެސް، އަދިވެސް އެކި ސަރަޙައްދުތަކުގައި ރަޖިސްޓަރީނުކޮށް ބައު އުޅަނދު އަދި މަރާމާތުކުރާ އުޅަނދުފަހަރުތައް ހުރިކަން މިއިދާރާއަށްވަނީ ފާހަގަކުރެވިފައެވެ. 

     ވީމާ، މިކައުންސިލްގައި ރަޖިސްޓަރީ ނުކޮށް، ރަށުގެ އެކި ސަރަޙައްދުތަކުގައިވާ އުޅަނދުތައް  21 ޖަނަވަރީ 2025 ވަނަ ދުވަހުގެ ކުރިން ނަންގަވައިދެއްވުންއެދެމެވެ.

     މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

07 ޖަނަވަރީ 2025