ދިވެހިރާއްޖެ
އިޢްލާނު
ނ. މާޅެންދޫ ކައުންސިލަށް ޑަސްބިން ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރުން
މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ ކައުންސިލުގެ ނަމްބަރ (IUL)287/287/2024/42 (08 ޑިސެންބަރު 2024 ) އިޢްލާނާއި ގުޅިގެން، ނ.މާޅެންދޫ ކައުންސިލަށް ޑަސްބިން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމަށް ބިޑްހުށަހެޅުއްވި ފަރާތްތަކުން ހުށަހަޅުއްވާފައިވާ އަގުތަށް ބޮޑުކަމަށް ފެންނާތީ އެ އިޢްލާނު ބާޠިލްކޮށް، ނ. މާޅެންދޫ ކައުންސިލަށް 200 ޑަސްބިން ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއްލާނުކުރީމެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް، 07 ޖެނުއަރީ 2025 ވާ އަންގާރަ ދުވަހުން ފެށިގެން 13 ޖެނުއަރީ 2025 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯރމް ފުރުއްވުމަށްފަހު މި ކައުންސިލްގެ އީމެއިލް [email protected] އަށް މެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 16 ޖެނުއަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މި ކައުންސިލްގެ އިދާރާގައެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 15 ޖެނުއަރީ 2025 ވާ ބުދަ ދުވަހު މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް މެއިލްކުރެއްވުން ނުވަތަ 6560026 ނަމްބަރ އަށް ގުޅުއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.