ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)MRH-HR/MRH/2025/1
ޕަބްލިޝްކުރި ތާރީޚް: 06 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 09:50
ސުންގަޑި: 05 ޖަނަވަރީ 2026 14:00
މުލަކަތޮޅު މުލީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ޚިދުމަތުން ދުރަށްދާންޖެހިފައިވާ ޚިދުމަތްތެރިންނާއި، ދާއިމީ ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާ ފަންނީ އަދި އިދާރީ ޚިދުމަތްތެރިން ޚިދުމަތަށް ނެރުމުގެ ދަފްތަރު އެކުލަވާލުމާއިގުޅޭ.

މުލީ ރީޖަނަލް ހޮސްޕިޓަލް
މ.މުލީ،ދިވެހިރާއްޖެ

ޚިދުމަތުން ދުރަށްދާންޖެހިފައިވާ ޚިދުމަތްތެރިންނާއި، ދާއިމީ ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާ ފަންނީ އަދި އިދާރީ ޚިދުމަތްތެރިން ޚިދުމަތަށް ނެރުމުގެ ދަފްތަރު އެކުލަވާލުމާއިގުޅޭ.


ޚިދުމަތުން ދުރަށްދާންޖެހިފައިވާ ޚިދުމަތްތެރިންނާއި، ދާއިމީ ވަޒީފާއަށް ( ފުލްޓައިމް ވަޒީފާއަށް ) ނިކުތުމަށް އުޒުރުވެރިވާ ފަންނީ އަދި އިދާރީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނެރުމަށްޓަކައި އެކަށައަޅާފައިވާ ޚާއްސަ ސިޔާސަތު ތަންފީޒު ކުރުމަށްޓަކައި ސިވިލް ސަރވިސް ކޮމިޝަނުން ޢާއްމުކޮށްފައިވާ " ޚިދުމަތުން ދުރަށްދާންޖެހިފައިވާ ޚިދުމަތްތެރިންނާއި، ދާއިމީ ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާ ފަންނީ އަދި އިދާރީ ޚިދުމަތްތެރިން ޚިދުމަތަށް ނެރުމުގެ އުޞޫލު 2024 " ( 05 އޯގަސްޓް 2024 ) ގެ ދަށުން އެކުލަވާލުމަށް ކަނޑައެޅިފައިވާ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ޢާއްމުކޮށް ހުޅުވާލަމެވެ.

ވީމާ، މިދަފްތަރުގައި ރަޖިސްޓްރީވުމަށް އެދިލައްވާ ފަރާތްތަކުން ތިރީގައިވާ ލިންކުގައިވާ މަޢްލޫމާތުތައް ފުރިހަމަކުރައްވާ، ފޯމްގައި ބަޔާން ކުރައްވާފައިވާ ލިޔުންތައް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ދަފްތަރުގައި ރަޖިސްޓްރީވުމުގެ ސުންގަޑި އަކީ 05 ޖަނަވަރީ 2026 ވަނަ ދުވަހުގެ 14:00 އެވެ.

ފޯމްގެ ލިންކް: https://docs.google.com/forms/d/1Yj8cs-KUSIrGI6PvnIfw4dpCpvKKE-48dSadSsVBoIc/edit#settings

"ޚިދުމަތުން ދުރަށްދާންޖެހިފައިވާ ޚިދުމަތްތެރިންނާއި، ދާއިމީ ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާ ފަންނީ އަދި އިދާރީ ޚިދުމަތްތެރިން ޚިދުމަތަށް ނެރުމުގެ އުޞޫލު 2024 " (05 އޮގަސްޓް 2024) ތިރީގައިވާ ލިންކު މެދުވެރިކޮށް ލިބިވަޑައިގަންނަވާނެއެވެ.

https://www.csc.gov.mv/Policy/Index/97  

 

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6720681 ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ  [email protected]އަށެވެ.

06 ޖަނަވަރީ 2025