މަސައްކަތް
ނަންބަރު: (IUL)380/2024/23
ޕަބްލިޝްކުރި ތާރީޚް: 06 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 14:57
ސުންގަޑި: 14 ޖަނަވަރީ 2025 13:00
ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1446 ވަނައަހަރު ރަމަޟާންމަހު ޙިފްޡުކޮށް ތަރާވީޙް ނަމާދުކުރާނެ ހާފިޡުން ހޯދުމާއިގުޅޭ

އިޢްލާން

1446 ވަނައަހަރު ރަމަޟާންމަހު ޙިފްޡުކޮށް ތަރާވީޙް ނަމާދުކުރާނެ ހާފިޡުން ހޯދުމާއިގުޅޭ

1446 ވަނަ އަހަރުގެ ރަމަޟާންމަހު ދ.މާއެނބޫދޫ މަސްޖިދުލްޛިކުރާއާއި، މަސްޖިދުލްހުދާ މިސްކިތުގައި އިމާމްވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު ކޮށްދެއްވުމަށް  ޝައުގުވެރިވެލައްވާ  ފަރާތްތަކުން، ނުވަތަ  ރާއްޖެއިން  ބޭރުން ޙާފިޡުން ގެނެއުމުގެ މަސައްކަތް  ކޮށްދެއްވުމަށް  ޝައުޤުވެރިވެލައްވާ  ފަރާތްތަކުން، 2025 ޖެނުއަރީ 14 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން އަގު ބަޔާންކޮށް ކޯޓޭޝަން މިއިދާރާއަށް ހުށައެޅުއްވުމަށް ދަންނަވަމެވެ.

މެއިލް ކުރައްވާނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ޙާފިޡުން ގެންނަފަރާތުން ތިރީގައި ދަންނަވާފައިވާ ކަންތައްތައް ހަމަޖައްސަންވާނެއެވެ.

  1. ދެ ކޮޅު ޓިކެޓް ޚަރަދު (ރާއްޖެ ގެނާއުމާއި، އެނބުރި ޤައުމަށް ދިއުމަށް، ފުލައިޓުން ޚަރަދުވާނެ ވަރު)
  2. ޙާފިޘް ރަށާހަމައަށް ގެނެސްދީ ގެންގޮސްދިނުމުގެ ޚަރަދު (ރަށަށް ގެނައުމާއި އެނބުރި މާލެދިއުމުގެ ދަތުރު ޚަރަދު)
  3. މާލޭގައި ހުރުމާއި، ކެއުމުގެ ޚަރަދު
  4. ވިސާ ދެއްކުމާއި، އިންޝުއަރެންސް ދެއްކުމުގެ ޚަރަދު އަދި ދައުލަތުގެ އެހެނިހެން އިދާރާތަކުން ފުރިހަމަކުރަންޖެހޭ އެންމެހާ ލިޔުންތައް ފުރިހަމަކުރިކަމުގެ ލިޔުން
  5. ހުށައަޅާ ފަރާތުގެ ނަން، ގުޅޭނެ ނަމްބަރ، އައި.ޑީ، ކޮޕީ(ކުންފުންޏެއްނަމަ، ރަޖިސްޓަރީ ކޮޕީ)
  6. ތަޖުރިބާގެ ލިޔުމެއް އޮތްނަމަ، އެފަދަ ލިޔުމުގެ ކޮޕީ
  7. އެހެނިހެން (ޙާފިޘުންނަށް ކޮށްދިނުމަށް ބޭނުންވާ އެހެނިހެން ކަންކަން ކޯޓޭޝަންގައި ހިމެނުން އެދެން)

  ނޯޓް: ޙާފިޘުން ނެގުމުގައި ދިވެހި ޙާފިޘުން ހުށަހަޅާ ފަރާތްތަކަށް އިސްކަންދެވޭނެވެ.

މިކަމުގައި ޢަމަލުކުރާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ޢާއްމުކުރައްވާފައިވާ ނަންބަރު:

 އިޢުލާންއާ އެއްގޮތްވާ ގޮތުގެ މަތިންނެވެ (IUL)142-B1/142/2024/201,200

މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ މިއިދާރާގެ ނަންބަރު 6760595 ފޯނާ ގުޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

  • މަސައްކަތް ހަވާލްކުރެވޭނީ ކައުންސިލް އިދާރާގެ އިވެލުއޭޝަން ކޮމެޓީން ކޯޓޭޝަންތައް އިވެލުއޭޓް ކުރުމަށްފަހު އެންމެގިނަ މާކްސްލިބޭ ފަރާތަކަށެވެ.
  • ލިބޭމާކްސް އެއްވަރުވެއްޖެނަމަ މީގެކުރިން ކައުންސިލަށް އިތުބާރާއެކު ޙާފިޒުން ގެނެސްދީފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
  • ކޯޓޭޝަންތައް އިވެލުއޭޓް ކުރުމުގައި މާކްސްދެވޭނީ ތިރީގައިވާ ކަންކަމަށެވެ.

 ޙާފިޒުން ގެނައުމުގެ އަގަށް

80%

އިޢްލާންގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް

20%

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

06 ޖަނަވަރީ 2025