ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)22-D/1/2015/227
ޕަބްލިޝްކުރި ތާރީޚް: 08 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 12:33
ސުންގަޑި: 23 ޖުލައި 2015 14:30
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް ޑާޓާ ޕްރޮސެސިންގ އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:                  އެސިސްޓެންޓް ޑާޓާ ޕްރޮސެސިންގ އޮފިސަރ

ބޭނުންވާ އަދަދު:             01

ރޭންކް:                  ޖީ.އެސް 4

ކްލެސިފިކޭޝަން :            އެސިސްޓަންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މުސާރަ :                -/5020 ރުފިޔާ

ސަރވިސް އެލަވަންސް:         -/0015 ރުފިޔާ

ވަޒީފާއޮތް އޮފީސް:            މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ގިންތި:                  ދާއިމީ

ވަޒީފާއަދާކުރާ ސެކްޝަނާއި ތަން :  ހިއުމަން ރިސޯސް މެނޭޖްމަންޓް ޑިވިޝަން، އެކްސްޕެޓްރިއޭޓް ޔުނިޓް / މިނިސްޓްރީ އޮފް އެޑިޔުކޭޝަން / މާލެ

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:

1) މިނިސްޓްރީ އޮފް އެޑިޔުކޭޝަން މެދުވެރިކޮށް ސްކޫލްތަކަށް އަލަށް އަންނަ ބިދޭސީ ޓީޗަރުންގެ ވާރކްޕާރމިޓް ހެއްދުމުގެ މަސައްކަތް ކުރުން. މިމަސައްކަތް ކުރުމަށްޓަކައި އިމިގްރޭޝަންގެ އެކްސްޕެކްޓް އޮންލައިން ސިސްޓަމަށް ހުށަހަޅަންޖެހޭ ތިރީގައިވާ ލިޔެކިޔުންތައް ފުރިހަމަކުރުން.

2) ސްކޫލްތަކުގައި މަސައްކަތްކުރައްވަމުން އަންނަ ބިދޭސީ ޓީޗަރުންގެ ވާރކްޕާރމިޓްގެ މުއްދަތު އަހަރުން އަހަރަށް އައު ކުރުން. މިމަސައްކަތް ކުރުމަށްޓަކައި އިމިގްރޭޝްންގެ އެކްސްޕެކްޓް އޮންލައިން ސިސްޓަމަށް ހުށަހަޅަންޖެހޭ ތިރީގައިވާ ލިޔެކިޔުންތައް ފުރިހަމަކުރުން.

3) އަލަށް އަންނަ ބިދޭސީޓީޗަރުންގެ ޑޮކިއުމަންޓްފައިލް ތައްޔާރުކުރުން. ފުރިހަމަކުރަންޖެހޭ ޑޮކިއުމަންޓްތައް ތިރީގައި މިވަނީ.

4) އިމަޖެންސީ ޗުއްޓީގައި ދާ ޓީޗަރުންގެ ކަންކަން ބަލަހައްޓާ ފުރިހަމަކުރުން. މިގޮތުން ތިރީގައި ވާ ކަންތައްތައް ފުރިހަމަކޮށްފައިވޭތޯ ކަށަވަރުކުރުން.

5) ވާރކްވިސާ ޖެހުމާއި ކާޑު ހެދުމުގައި އިމިގްރޭޝަންގެ ވާރކްވިސާ ސެކްޝަނަށް ހުށަހަޅަންޖެހޭ ތިރީގައިވާ ލިޔެކިޔުންތައް ފުރިހަމަކުރުން.

6) ވާރކް ޕާރމިޓް ބާޠިލުކުރުމަށްޓަކައި އިމިގްރޭޝަންގެ އެކްސްޕެޓް އޮންލައިން ސިސްޓަމަށް ހުށަހަޅަންޖެހޭ ތިރީގައިވާ ލިޔެކިޔުންތައް ފުރިހަމަކށް ހުށަހެޅުން.

ޝަރުތު:

  1. ސްޓެޓިސްޓިކް/އިންފޮމޭޝަން ޓެކްނޮލޮޖީ/ އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިންތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިންތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، ސްޓެޓިސްޓިކް/އިންފޮމޭޝަން
  4. ޓެކްނޮލޮޖީ/އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ރ. މީގެ އިތުރުން ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.

އިންޓަރވިއު ކުރުން.

ހ. މި މަގާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 28 ޖުލައި- 13 އޮގަސްޓު 2015 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި، މި މިނިސްޓްރިގެ ވެބްސައިޓް  www.moe.gov.mvއިން ލިބިވަޑައިގަންނަވާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ރ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ހ. ވެލާނާގެ (8 ވަނަ ފަންގިފިލާ) ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 23 ޖުލައި 2015 ވަނަ ދުވަހުގެ 14:30 ގެ ކުރިން. (ރަމަޟާން މަހުގައި ތަކެތި ބަލައިގަންނާނީ 13:30 އާ ހަމައަށް)

ނޯޓް:  

މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3341422 ފޯނަށް ގުޅުއްވުން އެދެމެވެ. 

08 ޖުލައި 2015