ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)353/353/2025/1
ޕަބްލިޝްކުރި ތާރީޚް: 06 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 13:28
ސުންގަޑި: 15 ޖަނަވަރީ 2025 14:00
އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަޕޯޓިން ލޭންޑްތަކުން ކުލި ނަގަން

އދ. ދިގުރަށު ކައުންސިލްގެ އިދާރާ

ދިގުރަށް، ދިވެހިރާއްޖެ.

އިޢުލާން

ސަޕޯޓިން ލޭންޑްތަކުން ކުލި ނަގަން ފެށުން

             

           ސަޕޯޓިން ލޭންޑްގެ ގޮތުގައި އެކިފަރާތްތަކުން ބޭނުންކުރަމުންދާ ބިން ތަކުން ކުލި ނަގަން ފެށުމަށް ކައުންސިލްގެ 4 ވަނަ ދައުރުގެ 125 ވަނަ ޖަލްސާއިން ވަނީ ނިންމާފައެވެ. އެގޮތުން ހަމައެކަނި ގޮނޑި އަދި މޭޒު ބަހައްޓައިގެން ވިޔަފާރީގެ ޚިދުމަތް ދިނުން ފިޔަވާ އެހެން ބޭނުންތަކަށް ބޭނުންކުރެވޭ ބިންތަކުން އަކަފޫޓަކަށް 1 ރުފިޔާ 50 ލާރި ނެގުމަށްވަނީ ހަމަޖެހިފައެވެ. އަދި ގޮނޑި، މޭޒު އަދި ކުޑަ ޖަހައިގެން ވިޔަފާރި އުސޫލުން ޙިދުމަތްދޭ ތަންތަނުން އަކަފޫޓަކަށް 2 ރުފިޔާ ނެގުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން މިފަދަ ބިންތައް ބޭނުންކުރަމުން ގެންދާ ފަރާތްތަކުން 15 ޖަނަވަރީ 2025 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ލިޔުމަކުން ކައުންސިލަށް އެންގެވުން އެދެމެވެ. އަދި މި މުއްދަތުގައި ލިޔުމުން ކައުންސިލަށް ނާންގާ ފަރާތްތަކުން ބިން ބޭނުންކުރާނަމަ، ކައުންސިލުން ބަލާ ޗެކްކުރުމަށްފަހު އެފަދަ ބިންތައް ނެގޭނެ ކަމުގައި ދަންނަވަމެވެ.

06  ޖަނަވަރީ  2025

                                 

                                                         އިބްރާހީމް ޢުޘްމާން

                                                         ކައުންސިލްގެ ރައީސް

06 ޖަނަވަރީ 2025