ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)381-C/381/2025/2
ޕަބްލިޝްކުރި ތާރީޚް: 06 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 13:27
ސުންގަޑި:
15 ޖަނަވަރީ 2025 00:00
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރަށުގެ ހުސްބިންތަކުގައި ތަކެތި އިންދާތީ އެކަން އެގޮތައް ނުކުރުމަށް އެންގުމަށް
މިހާރަކަށް އައިސް ރަށުގެ އެކިމަގުތަކުގައާއި ހުސްބިންތަކުގައި މިއިދާރާގެ ހުއްދަނެތި ތަކެތި ބެހެއްޓުމާއި، ގަސްއިންދުމާއި، ގުދަންފަދަ ތަންތަން ހަދައިގެން ބޭނުން ކުރަމުން ދާކަން ވަނީ ފާހަގަކުރެވިފައެވެ. މިކަމަކީ މަނާކުރެވިފައިވާ ކަމަކަށްވާތީ، އެއްގަމު ދަތުރު ފަތުރުގެ ޤާނޫނާއި، ޤަވާޢިދުގެ ދަށުން މަގުމަތީގައި ބެހެއްޓުމަށް ހުއްދަލިބިފައިވާ ތަކެތި ފިޔަވާ، ކައުންސިލްގެ ހުއްދަނެތި މަގުތަކާއި ހުސްބިންތަކުގައި ޤަވާއިދާ ޚިލާފަށް ބަހައްޓާފައިވާ އަމިއްލަފަރާތް ތަކުގެ ތަކެތި 15 ޖަނަވަރީ 2025 ގެ ކުރިން އެތަކެތީގެ ވެރިފަރާތުން ނަގައި ނިންމުމަށް ދަންނަވަމެވެ.
މިމުއްދަތުގެ ތެރޭގައި ނުނަގާ ހުންނަ ތަކެއްޗާއި މެދު ހަމަޖެހިފައިވާ އުސޫލުން އަމަލުކުރަމުން ދާނެ ވާހަކަ ރައްޔިތުންގެ ސަމާލުކަމަށްޓަކައި އަންގައި އިޢުލާން ކުރީމެވެ.
5 ރަޖަބު 1446
5 ޖަނަވަރީ 2025
06 ޖަނަވަރީ 2025