ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)382-ESMS/382/2025/1
ޕަބްލިޝްކުރި ތާރީޚް: 06 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 13:06
ސުންގަޑި:
15 ޖަނަވަރީ 2025 14:00
ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
1446 ވަނަ އަހަރު ބުރުނީގައި ތަރާވީޙް ނަމާދު ކުރުމަށް ރާއްޖެއިން ބޭރުން ޙާފިޡަކު ގެނެސްދޭނެ ފަރާތެއް ހޯދުން
1446 ވަނަ އަހަރު ރަމަޟާންމަހު ބުރުނީގައި އިމާމުވެ ތަރާވީޙްނަމާދު ކުރުމަށް ރާއްޖެއިން ބޭރުން ޙާފިޡަކު ގެނެސްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، ތިރީގައި މިދަންނަވާ ޚަރަދުތައް ހަމަޖައްސައި ދެވޭނެ ފަރާތްތަކުން 15 ޖަނަވަރީ 2025 ވާ ބުދަ ދުވަހުގެ 14:00 ގެކުރިން ލިޔުމަކުން މިއިދާރާގެ [email protected] އަށް ފޮނުވައި ދެއްވުން އެދެމެވެ.
ހަމަޖައްސަންޖެހޭ ޚަރަދުތައް:
- ޙާފިޡު ރާއްޖެއިން ބޭރުން ގެނައުމާއި އަނބުރާގެނައި ގައުމަށް ފޮނުވުމަށް ކުރަންޖެހޭ ދެކޮޅު ޓިކެޓް ޚަރަދު
- ޙާފިޡު ރާއްޖެއައުމުން މާލޭގައި މަޑުކުރުމުގެ ޚަރަދާއި މާލެއިން ސީދާ ބުރުންޏަށް ފޮނުވައި ދިނުމުގެ ޚަރަދު
- ރަމަޟާންމަސް ނިމުމާއި އެކު ޙާފިޡު އަނބުރާ ބުރުނިން މާލެ ގެންދިއުމަށް ކުރާ ދަތުރު ޚަރަދާއި މާލޭގައި މަޑުކުރަންޖެހޭ މުއްދަތުގައި ހިނގާނެ ޚަރަދު
- ހާފިޡު ރާއްޖެއިން ފުރުމުގެ ކުރިން ދޭންޖެހޭ އެލަވަންސް ދިނުން
- މި ޚަރަދު ތަކުގެ ތެރޭގައި އިންޝުއަރެންސް ކުރަންޖެހޭނަމަ އެފައިސާ އަކާއި އަދި އިމިގުރޭޝަނުންނާއި ދައުލަތުގެ އެހެނިހެން ވުޒާރާތަކުން ފުރިހަމަ ކުރަންޖެހޭ އެންމެހާ ލިޔުންތައް ފުރިހަމަކޮށް ޙާފިޡު ރާއްޖޭގައި ހުންނަ ވަގުތު ބޭނުންކުރާނެ މޯބައިލް ސިމެއް ހޯދައިދޭނީ ޙާފިޡު ގެނެސްދޭ ފަރާތުން
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަންބަރު 6780038 އަށް ގުޅުއްވުމުން އެމަޢުލޫމާތެއް ސާފުކޮށްދެވޭނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ، މިކަން އެންގުމަށް އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
06 ޖަނަވަރީ 2025