ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)393/393/2025/01
ޕަބްލިޝްކުރި ތާރީޚް: 06 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 11:50
ސުންގަޑި: 13 ޖަނަވަރީ 2025 14:00
ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޭބިސީ ރަޖިސްޓްރީ ކުރުމާގުޅޭ

 ގޭބިސީ ރަޖިސްޓްރީ ކުރުމާގުޅޭ

އެހީދޭ ފަރާތްތަކާއި، ސަރުކާރުން ކައުންސިލާ ޙަވާލުކުރާ ތަކެތި ރައްޔިތުންނަށް ފޯރުކޮށްދިނުމަށާއި މިއިދާރާއިން ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތައް ފުޅާކޮށް،

ހަމަހަމަ އުޞޫލަކުން ޢަމަލުކުރުމައްޓަކައި ގޭބިސީތައް ރަޖިސްޓްރީކޮށް ދަފްތަރެއް އެކުލަވާލުމަށް ބޭނުންވެއެވެ.

އެގޮތުން ގޭބިސީއެއްގެގޮތުގައި ކަނޑައެޅޭނީ މިއިދާރާގައި ރަޖިސްޓްރީކޮށްފައިވާ ގޭބިސީތައް ކަމުގައި ދަންނަވަމެވެ. ގޭބިސީ ރަޖިސްޓްރީ ކުރުމާގުޅޭ އުޞޫލު މިއިއުލާނާ އެއްކަރުދާސް ކޮށްފައިވާނެއެވެ.

އަދި ގޭބިސީ ރަޖިސްޓްރީކުރަންއެދޭ ފޯމް މިއިދާރާގެ ވެބްސައިޓުންނާއި މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.  

ވީމާ، ކިނބިދޫގައި މީހުން ދިރިއުޅޭ ގެތަކުގެ ތެރެއިން އެއްބިސީއަށްވުރެ ގިނަ ބިސީ ދިރިއުޅެމުންގެންދާ ގޭބިސީތަކުން "ވަކި ގޭބިސީ ރަޖިސްޓަރީވުމަށް އެދޭ ފޯމް'' ފުރިހަމަކުރެއްވުމަށްފަހު 13 ޖަނަވަރީ 2025 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން މިއިދާއަށް ހުށައެޅުއްވުން އެދެމެވެ.

މި މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަކީ ވަކި ގޭބިސީއެއްގެ ގޮތުގައި ދިރިއުޅެމުންދާ ގޭބިސީއެއްގެ ގޮތުގައި ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

 06  ރަޖަބު   1446ހ.

06 ޖަނަވަރީ 2025