ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-SECE/266/2025/5
ޕަބްލިޝްކުރި ތާރީޚް: 06 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 10:47
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޒިޔާރަތްކޮށް ހާލުބެލުމުގެ ސަރވޭއަށް އެނުއުމަރޭޓަރުން ހޯދުމާ ގުޅޭ

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން، މި އިދާރާއިން ކުރިއަށްގެންދާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޒިޔާރަތްކޮށް ހާލުބެލުމުގެ ސަރވޭގެ މަސައްކަތަށް އެނުއުމަރޭޓަރުން ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމު:

އެނުއުމަރޭޓަރ

ބޭނުންވާ އަދަދު:

10 (ދިހައެއް)

މަސައްކަތުގެ މުއްދަތު:

5 (ފަހެއް) ދުވަސް

އެލަވަންސް

ދުވާލަކަށް -/350 ރުފިޔާ

މަސްއޫލިއްޔަތުތައް:

ކަނޑައެޅިފައިވާ ގޭގެއަށް ޒިޔާރަތްކޮށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހާލުބެލުމުގެ ސަރވޭ ފޯމު ފުރިހަމަކުރުން

ފޯމުތައް ކެޓަގަރައިޒްކޮށް، ސަރވޭއާ ގުޅުންހުރި އެންމެހައި މަސައްކަތްތައް ފުރިހަމަކުރުން

އިދާރާއިން ހަވާލުކުރާ ސަރވޭއާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުން

އަސާސީ ޝަރުޠުތައް:

ޢުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެހި ރައްޔިތެއް ކަމުގައިވުން

ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 (ދޭއް) މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން

ސެކަންޑަރީ ސްކޫލް ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން

ޖިނާއީ ކުށެއްގެ އެއްވެސް ރެކޯޑެއް ނެތް ފަރާތެއް ކަމުގައިވުން

ދިވެހި ބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރަން ދަންނަ ފަރާތެއް ކަމުގައިވުން

ފޯރމް ފުރުމާ ޑޭޓާ އެންޓްރީ ފަދަ އިދާރީ މަސައްކަތް ކުރަން އެނގޭ ފަރާތެއް ކަމުގައިވުން

ހުށަހަޅަންޖެހޭ ލިޔުންތައް

  • ފުރިހަމަ ކޮށްފައިވާ "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޒިޔާރަތްކޮށް ހާލުބެލުމުގެ ސަރވޭގައި އިނުއުމަރޭޓަރަށް ވުމަށްއެދި ހުށައަޅާ ފޯމު" (މި ފޯމު އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

ލިންކް: https://shorturl.at/p2ka5

 

  • ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

އެދެންވީގޮތާއި ސުންގަޑި

އެނުއުމަރޭޓަރަށް ވުމަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާނީ 08 ޖެނުއަރީ 2025 ގެ 14:00 ގެ ކުރިން، ތިރީގައިވާ އީމެއިލް މެދުވެރިކޮށެވެ. އީ-މެއިލް ([email protected])

އިތުރު މަޢުލޫމާތު:

އެނުއުމަރޭޓަރުންގެ ގޮތުގައި ނެގޭނީ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން އެންމެ ފުރަތަމަ ކުރިމަތިލާ 10 (ދިހައެއް) ފަރާތެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު [6527185] އަށް ގުޅުއްވުން އެދެމެވެ.

06 ޖަނަވަރީ 2025