ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)433-AFI/1/2015/4
ޕަބްލިޝްކުރި ތާރީޚް: 14 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 11:54
ސުންގަޑި: 02 އޮގަސްޓް 2015 12:00
ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

ވަޒީފާގެ ފުރުޞަތު

މަޤާމު

އެސިސްޓެންޓް ޑިރެކްޓަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ

ރޭންކް: އެމް.އެސް 3

މުސާރަ

މަހަކު -/7035 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2,000 ރުފިޔާ

ނޮންޕްރެކްޓިސް އެލަވެންސް

މުސާރައިގެ %35 ދެވޭނެ

އިނާޔަތްތައް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސެކްޝަން/ޔުނިޓް/ތަން

އާކައިވް ޔުނިޓް

މަޤާމުގެ މަސްއޫލިއްޔަތު

  • ޤައުމީ އަރުޝީފުން އާކައިވް ކުރަންޖެހޭ ލިޔެކިޔުންތައް އާކައިވް ކުރާނެ ގޮތުގެ ޕްލޭންތައް ކަނޑައަޅައި ބެލެހެއްޓުން
  • ޤައުމީ އަރުޝީފުގެ ފިޒިކަލް ކޮންޑިޝަންއާ ބެހޭ މަސައްކަތްތައް ވިލަރެސްކުރުން
  • އާކައިވްކުރުމުގެ މަސައްކަތްތަކާ ގުޅިގެން ކަމާބެހޭ ފަރާތްތަކުގެ ޚިޔާލު ހޯދައި ޚިދުމަތްތައް ހަރުދަނާކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން
  • އާކައިވްގެ ޚިދުމަތްތައް ހަރުދަނާ ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އިލެކްޓްރޯނިކް ރެކޯޑްތައް ޤާއިމުކުރުމުގެ މަސައްކަތް ވިލަރެސްކުރުން
  • ސަރުކާރުގެ އީ-ގަވަރމަންޓްގެ ޚިދުމަތްތަކާ ގުޅިގެން ތަރައްޤީކުރަންޖެހޭ ފަރާތްތައް ތަރައްޤީކުރުން
  • ވެބް އާކައިވް ނިޒާމެއް ޤާއިމްކުރުމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމު ކުރުމާއި އިންޓަރނެޓް މެދުވެރިކޮށް އާކައިވްގެ ޚިދުމަތް ފުރަތަމަ ދެވޭނެ ޕްރޮގްރާމްތައް ރޭވުން
  • ސަރުކާރުގެ އިދާރާތަކާ ގުޅިގެން ހަރުދަނާކުރަންޖެހޭ ޕްރޮގްރާމްތައް ކަނޑައަޅައި އެފަދަ ޕްރޮގްރާމްތައް ހިންގައި ވިލަރެސްކުރުން
  • ޤައުމީ އަރުޝީފުގެ ޤާނޫނުގެ ދަށުން ކުރަންޖެހޭ ކަންތައްތައް ދިރާސާކޮށް ފުރިހަމަ ކުރަންޖެހޭ ވަޞީލަތްތައް ފުރިހަމަކުރުން
  • ސެކްޝަން/ ޑިވިޜަން/ ޑިޕާޓްމަންޓްގެ އެހެންމުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރުމާއި ޗުއްޓީގައި ނުވަތަ ސަލާމުގައި ތިބޭ މުވައްޒަފުންގެ މަސައްކަތްތައް ހިއްސާކުރުމާއި އޮފީހުގެ ފަރާތުން ރާވާ ހިންގާ އެހެނިހެން ކަންކަމާ ގުޅިގެން ކުރަންޖެހޭ ކަންކަމުގައި، ޙަވާލު ކުރެވޭ ކަންކަން ކޮށްދީ އެހީތެރިވުން.

މަޤާމުގެ ޝަރުޠު

  • މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2

ރޭންކް: ޖީ.އެސް 4

މުސާރަ       

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ނޮންޕްރެކްޓިސް އެލަވެންސް

މުސާރައިގެ %35 ދެވޭނެ

އިނާޔަތްތައް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސެކްޝަން/ޔުނިޓް/ތަން

ބަޖެޓް ޔުނިޓް

މަޤާމުގެ މަސްއޫލިއްޔަތު

  • ޤައުމީ އަރުޝީފަށް އަންނަ ފޯނުކޯލްތަކަށް ޖަވާބު ދިނުމާއި އެކަމަކާ ގުޅޭ ސެކްޝަންތަކަށް ފޮނުވުން
  • ޤައުމީ އަރުޝީފަށް ލިބޭ ސިޓީތައް އެންޓަރކޮށް، ފޮނުވާ ސިޓީތަކަށް ނަންބަރުދީ، ޑިސްޕެޗްކޮށް، ސިޓީތައް ފައިލްކޮށް ބެލެހެއްޓުމާއި ސިޓީތަކަށް ޖަވާބު ދިނުމާއި ރެކޯޑް ބެލެހެއްޓުން
  • ޤައުމީ އަރުޝީފުގައި ބާއްވާ ބައްދަލުވުންތައް އިންތިޒާމުކުރުމާއި މީޓިންގ ރޫމްގެ ބުކިންގ އާއި ޝެޑިއުލްތައް ބެލެހެއްޓުމާއި ބައްދަލުވުންތަކުގައި އޮފީހަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެހެމާންދާރީ އަދާކުރުމާއި އެކިއެކި ޚިދުމަތްތަކަށް އަންނަ މީހުންނަށް އެހީތެރިވެ މަގުދައްކައި އެހީތެރިވުން
  • ސްޓޮކްގައި ހުންނަ ތަކެތި ތަރުތީބުކޮށް ބެލެހެއްޓުމާއި ދޫކުރުމާއި ސްޓޮކްގެ އައިޓަމްތައް ފުރިހަމައަށް އެންޓަރ ކުރުމާއި ސްޓޮކް ބާކީކުރުމާއި އިންވެންޓްރީ ބެލެހެއްޓުން
  • ރިޕެއަރއަށް ބޭނުންވާ ތަކެތި ބަލައި ޗެކްކުރުމާއި ރިޕެއަރކުރަން ބޭނުންވާ ތަކެތި ރިޕެއަރ ކުރާ ފަރާތްތަކަށް ބޭނުން މައުލޫމާތު ދިނުމާއި އޮފީހުގެ ދުއްވާ ތަކެތި މަރާމާތުކޮށް ބެލެހެއްޓުމާ އިންޝުއަރެންސްއާ ބެހޭ މަސައްކަތްތައް ބެލެހެއްޓުމާއި އޮފީހުގެ މެއިންޓަނަންސް ބެލެހެއްޓުން
  • ޤައުމީ އަރުޝީފުގައި ބާއްވާ އެކިއެކި ބައްދަލުވުންތަކުގެ ޔައުމިއްޔާއާއި އޮފީހުގެ ދުވަހު ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

މަޤާމުގެ ޝަރުޠު

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމު

އެޗް. އާރު. އޮފިސަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް  2

ރޭންކް: އެމް އެސް 2

މުސާރަ       

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ނޮންޕްރެކްޓިސް އެލަވެންސް

މުސާރައިގެ %35 ދެވޭނެ

އިނާޔަތްތައް

ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާދެވޭނެއެވެ.

ސެކްޝަން/ޔުނިޓް/ތަން

އެޑްމިން އެންޑް އައިޓީ ޔުނިޓް

މަޤާމުގެ މަސްއޫލިއްޔަތު

  • މުވައްޒަފުންގެ ކެރިއަރ ކުރިއަށްގެންދާނެ ޕްލޭންތައް އެކުލަވައި ހިންގުން.
  • ޤައުމީ އަރުޝީފުގެ މުވައްޒަފުންގެ ޕަރފޯމަންސް އެޕްރައިސަލްގެ މަސައްކަތްތައް ކުރުމާއި މަރކްސް ދިނުމާއި ޓާގެޓް ކަނޑައެޅުމުގެ މަސައްކަތް ބެލެހެއްޓުން.
  • މުވައްޒަފުންގެ ހާޒިރީއާއި ސަލާމާއި ޗުއްޓީއާބެހޭ ކަންތައްތަކާއި އިތުރުގަޑީގެ ރެކޯޑްތައް ދުވަހުން ދުވަހަށް ބެލެހެއްޓުމާއި މަސައްކަތުގެ ޕާރފޯމަންސް ބަލައި އަޚުލާޤީ ފިޔަވަޅު އެޅުމާއި، ހާޒިރުނުވާ މުވައްޒަފުންގެ މައްސަލަ ބެލުމާއި މުވައްޒަފުންގެ ވަޒީފާއާއި ޕްރޮމޯޝަނާ ބެހޭ ކަންކަން ބަލަހައްޓައި ސެކްޝަންގެ ހެޑާއި ޕީ.އެސް އަށް ރިޕޯޓުކުރުން
  • މުވައްޒަފުންނަށް ވަޒީފާ ދިނުމަށްޓަކައި ޖޮބް ޑިސްކްރިޕްޝަން ތައްޔާރުކުރުމާއި، އާންމުކޮށް ފުރުޞަތު ހުޅުވުމާއި އެޕްލިކޭޝަން ބަލައިގަތުމާއި، ޝޯޓްލިސްޓް ކުރުމާއި އިންޓަރވިއު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި ވަޒީފާއަށް ހޮވުމާބެހޭ މަސައްކަތްތައް ބެލެހެއްޓުމާއި އަލަށް ވަންނަ މުވައްޒަފުންނަށް ދޭންޖެހޭ މަޢުލޫމާތު ދިނުމާއި ޕްރޮބޭޝަނަލް މުއްދަތުގައި މަސައްކަތްކުރުމަށް ގެންދާ ގޮތް ބެލެހެއްޓުން
  • މުވައްޒަފުންގެ ޓްރޭނިންގ ރިކްއަމަންޓް ތައްޔާރުކުރުމާއި ސްކޮލަރޝިޕްއާއި ކުރު ކޯސްތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި މުވައްޒަފުންގެ ޓްރެއިންނގއާ ބެހޭ ދަފްތަރު ބެލެހެއްޓުން
  • ދާއިރާގެ ޓްރެއިނިންގ ފޯކަލް ޕޮއިންޓެއްގެ ގޮތުން ސިވިލް ސަރވިސް އިން ޓްރެއިންގއާއިބެހޭގޮތުން އަންނަ ސަރކިއުލަރ، ސަރކިއުލަރނޯޓް، ސިޓީ އަދި ނޯޓް ތަކަށް ޖަވާބު ފޮނުވުން
  • ޤައުމީ އަރުޝީފުގެ ޓްރެއިނިންގ ނީޑް އެސެސްމަންޓް އެކުލަވައި އާކައިވް ސްކީމަށް ބޭނުންވާ ތަމްރީން ހިންގުން
  • ސެކްޝަން/ޑިވިޜަން/ޑިޕާޓްމަންޓްގެ އެހެންމުވައްޒަފުންނާއި ގުޅިގެން މަސައްކަތް ކުރުމާއި ޗުއްޓީގައި ނުވަތަ ސަލާމުގައި ތިބޭ މުވައްޒަފުންގެ މަސައްކަތްތައް ހިއްސާކުރުމާއި އޮފީހުގެ ފަރާތުން ރާވައި ހިންގާ އެހެނިހެން ކަންކަމާ ގުޅިގެން ކުރަންޖެހޭ ކަންކަމުގައި، ޙަވާލު ކުރެވޭ ކަންކަން ކޮށްދީ އެހީތެރިވުން

މަޤާމުގެ ޝަރުޠު

  • މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަ ނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ނުވަތަ މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަ ނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަ ނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
  • ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ އިންސައްތަ %30 އަށްވުރެމަތިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ޤައުމީ އަރުޝީފުން އަދި ސިވިލް ސަރވިސްގެ ވެބްސައިޓުން ލިބެން ހުންނާއެވެ.)
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ)

ސުންގަޑި

02 އޮގަސްޓް 2015 ވާ އާދީއްތަ ދުވަހުގެ 12:00 އަށް.

އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި އޮންނާނެ ތަން

މި އިޢުލާނުގެ މުއްދަތު ހަމަވާތާ 07 ދުވަހުގެ ތެރޭގައި އިންޓަރވިއު ބޭއްވޭނެއެވެ. އިންޓަވިއު އޮންނާނީ ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގައެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3349312 އެވެ. ވަޒީފާއަށް އެދޭ ފޯމު ހުށައަޅުއްވާނީ ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުއަށެވެ. ވަޒީފާއަށް އެދޭ ފޯމު ޤަޢުމީ އަރުޝީފުން އަދި ސިވިލް ސަރވިސްގެ ވެބްސައިޓުން ލިބެން ހުންނާއެވެ. ނޯޓް: މި ވަޒީފާއަށް ހުށަހަޅާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަޖުރިބާއަށް ބަލައި ޝޯޓް ލިސްޓް ކުރެވޭނެއެވެ.

14 ޖުލައި 2015