މަޤާމު
|
އެސިސްޓެންޓް ޑޭޓާ ޕްރޮސެސިންގ އޮފިސަރ
|
ބޭނުންވާ އަދަދު
|
01
|
މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
ރޭންކް: ޖީ.އެސް. 3 (ޖެނެރަލް ސަރވިސް 3)
|
ވަޒީފާގެ ބާވަތް
|
ވޭޖް އެމްޕްލޯއިމަންޓް (ވަގުތީ)
|
|
މުސާރަ
|
މަސައްކަތްކުރާ ގަޑިއިރަކަށް 45.189 ދިވެހި ރުފިޔާ. (މަސައްކަތް އާންމުގޮތެއްގައި ކުރުމަށް ހަމަޖެހިފައިވަނީ ދުވާލުގެ ރަސްމީ މަސައްކަތު ގަޑީގައި)
|
ސެކްޝަން/ އޮފީސް/ ތަން
|
ލޭންޑް ޓްރާންސްޕޯޓް ސެކްޝަން/ ޓްރާންސްޕޯޓް އޮތޯރިޓީ، މާލެ
|
މަޤާމުގެ މަސްޢޫލިއްޔަތު
|
އެއްގަމު ދަތުރުފަތުރުގެ ރަޖިސްޓްރޭޝަން އާ ގުޅޭ އެންމެހައި މަސައްކަތް ކުރުން.
|
މަސައްކަތުގެ މުއްދަތު
|
1 (އެކެއް) މަސްދުވަސް (މުވައްޒަފުގެ ޚިދުމަތް މި އޮތޯރިޓީން އިތުރަށް ބޭނުންވާނަމަ، މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެއެވެ.)
|
މަޤާމުގެ ޝަރުޠު
|
- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް ތަތްކޮށްފައި)
- ވަޒީފާއަށް އެދޭ ފޯމު މި އޮތޯރިޓީގެ ސިޓީއާއި ތަކެތި ބަލައިގަންނަ ކައުންޓަރުންނާއި މިއޮތޯރިޓީގެ ވެބްސައިޓް www.transport.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ސެޓްފިކެޓްތަކާއި އެހެނިހެން ލިޔުންތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތުހަމަނުވާ އައި.ޑީ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފުކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ ގުޅޭނެ ނަމްބަރު އަދި އީ-މެއިލްއެޑްރެސް ހިމަނާފައި)
ނޯޓް: މިއޮތޯރިޓީގައި ވަޒީފާ އަދާކުރާ މުވައްޒަފަކު މިމަޤާމަށް ކުރިމަތިލާނަމަ ހުށަހަޅުއްވަންޖެހޭނީ ހަމައެކަނި ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމެވެ.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރަން ހުށަހެޅޭ ލިޔެކިޔުންތައް ވެރިފައި ކުރުމާއި، ރޯޑްވާދިނަސް ސްޓިކަރ ތައްޔާރުކުރުން.
- އެއްގަމު އުޅަނދު ރަޖިސްޓްރީ ބާޠިލުކޮށް ބާޠިލު ލިޔުން ދޫކުރުމާއި، އެއްގައު އުޅަނދުގެ ރަޖިސްޓްރީ ގެއްލިގެން ހުށަހެޅުމުން ލިޔުން ތައްޔާރުކުރުމާއި، އެއްގަމު އުޅަނދަށް ދޫކުރެވޭ ޑޮމެއިން ހުއްދަ ތައްޔާރުކޮށް ހުއްދަތަކާ ބެހޭ ލިޔުންތައް ބެލެހެއްޓުން.
- ކޯޓްތަކުން އެކިއެކި ކޮމްޕެނީ ތަކާއި، ވަކިވަކިފަރުދުން އެއްގަމުގައި ދުއްވާ އުޅަނދާބެހޭ މަޢުލޫމާތު ސާފުކުރުމަށް ސިޓީފޮނުއްވުމުން، އެމަޢުލޫމާތު ތަކަކީ އެފަރާތައް ދިނުން ރަނގަޅު މަޢުލޫމާތެއްތޯ ބެލުމަށްފަހު 3 ދުވަހުގެ ތެރޭގައި ޖަވާބު ދިނުން. އެއްގަމުގައި ދުއްވާ އުޅަނދާ ބެހޭ ގޮތުން އަންނަ ސިޓީ ތަކަށް ޖަވާބުދިނުން.
- އެއްގަމު އުޅަނދުގެ މޯގޭޖް ރަޖިސްޓަރީކުރުމާއި ކެންސަލްކުރުން އަދި މިކަމާ ގުޅޭ ރެކޯޑް ބެލެހެއްޓުމާއި، އަތޮޅުތަކުގެ ރަޖިސްޓަރީތައް ނިންމުން.
- އެއްގަމުގެ ރަޖިސްޓަރީ އާ ގުޅޭ އެންމެހައި ލިޔެކިޔުންތައް ފައިލްކުރުން.
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި
|
30 ޖުލައި 2015 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން ޓްރާންސްޕޯޓް އޮތޯރިޓީ (ހުރަވީ ބިލްޑިންގް، އަމީރު އަޙްމަދު މަގު) އަށް ހުށަހެޅުއްވުން އެދެމެވެ.
|
އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި އޮންނާނެ ތަން
|
މި އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަސް (ބަންދުދުވަސްތައް ނުހިމަނައި) އިންޓަރވިއު ބޭއްވޭނެއެވެ. އިންޓަރވިއު ބޭއްވޭނީ ޓްރާންސްޕޯޓް އޮތޯރިޓީ/ ހުރަވީ ބިލްޑިންގ 01 ވަނަ ފަންގިފިލާ، މާލެ
|
އިތުރު މަޢުލޫމާތު
|
އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ތަޢުލީމާއި ތަޖުރިބާއަށް ބެލުމަށްފަހު ޝޯޓްލިސްޓް ކުރެވޭ 10 ފަރާތްތަކަށެވެ.
ތަޢުލީމާއި ތަޖުރިބާއަށް ބެލުމަށްފަހު އިންޓަރވިއުއަށް ހާޒިރުވާންޖެހޭފަރާތްތަކަށް ހާޒިރުވާންޖެހޭ ދުވަހާއި ގަޑި އިންޓަރވިއު ބާއްވާ ތާރީޚުގެ 24 ގަޑިއިރު ކުރިން ލިޔުމުން އެންގޭނެއެވެ. އަދި އިންޓަރވިއު ފެށުމުގެ 10 މިނިޓް ކުރިން އިނގިރޭސި އަދި ދިވެހިބަހުން ސިޓީލިޔުމާއި ޢިބާރާތްކުރުމުގެ ފެންވަރު ބެލުމުގެ ޓެސްޓެއް ދެވޭނެއެވެ.
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3343420/ 3343421 އެވެ. ފެކްސް ނަންބަރަކީ 3343434 އެވެ.
|