ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)316/316/2025/1
ޕަބްލިޝްކުރި ތާރީޚް: 05 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 13:46
ސުންގަޑި: 13 ޖަނަވަރީ 2025 00:00
މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2025 ވަނަ އަހަރު ކުނިފީ އެއްފަހަރާ 6 މަސްދުވަހަށް ނުވަތަ މުޅިއަހަރަށް ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމާ ބެހޭ

      2025 ވަނަ އަހަރު ކުނިފީ އެއްފަހަރާ 6 މަސްދުވަހަށް ނުވަތަ މުޅިއަހަރަށް ދެއްކޭނެ އިންތިޒާމް މިހާރުވަނީ ހަމަޖެހިފައެވެ. 2025 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހަށް ނުވަތަ މުޅިއަހަރަށް ފީދެއްކުމަށްޓަކައި 2025 ފެބްރުވަރީ 13 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް މި އިދާރާގެ ބޭންކް އެކައުންޓަށް ފައިސާ ޓްރާންސްފާރ ކުރެއްވުން އެދެމެވެ. ނުވަތަ ރަސްމީގަޑީގައި ކައުންސިލް އިދާރާއަށް ވަޑައިގެން ނަގުދު ފައިސާ އިން ފީ ދެއްކެވުން އެދެމެވެ.

      2025 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަގެ މުއްދަތަށް ކުނިފީ ދައްކަވާ ފަރާތްތަކުން 2025 ޖުލައި 14 ގެ ނިޔަލަށް 2025 ވަނަ އަހަރުގެ ބާކީ އޮތް 6 މަސްދުވަހަށް ފީ ދައްކަންވާނެއެވެ. ނުވަތަ 2025 ޖުލައިމަހުން ފެށިގެން މަހުންމަހަށް ފީ ދައްކަމުން ދިއުމުގެ ފުރުސަތު އޮންނާނެވާހަކަ ދެންނެވީމެވެ. އެޑްވާންސްކޮށް ފައިސާ ދައްކާ ފަރާތްތަކުން ޚިދުމަތުން ވަކިވިކަމުގައި ވިޔަސް ފައިސާ ރީފަންޑް ކޮށްދެވެން ނެތް ވާހަކަ ދަންނެވީމެވެ.

      މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިޢުލާން ކުރީމެވެ.

05 ޖަނަވަރީ 2025