ދެންނެވުން
ނަންބަރު: (IUL)182-QA/182/2025/1
ޕަބްލިޝްކުރި ތާރީޚް: 05 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 13:26
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
އެންގުން

ރާއްޖޭގައި އުފައްދާ މަހާއިމަހުގެ ބާވަތްތައް ދިވެހިރާއްޖެއިން ޗައިނާއަށް އެކްސްޕޯޓް ކުރުމާއި ގުޅޭގޮތުން ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ޗައިނާއަށް އެކްސްޕޯޓް ކުރެވޭނީ ޗައިނާގެ  "އިންޓަރނޭޝަނަލް ޓްރޭޑްވިންޑޯ" ގައި ރަޖިސްޓްރީވެގެންނެވެ. މިގޮތުން https://cifer.singlewindow.cn މެދުވެރިކޮށް "އިންޓަރނޭޝަނަލް ޓްރޭޑް ވިންޑޯ"ގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ. ރަޖިސްޓަރވާނެ ގޮތުގެ "ސްޓޭންޑަރޑް ޔޫސަރ މެނުއަލް" މި އެންގުމާއިއެކު ހިމެނިފައިވާނެ ކަމުގައިވެސް ދަންނަވަމެވެ.

މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ގަޑީގައި ނަމަ މި އޮތޯރިޓީގެ ފުޑް ކޮންޓްރޯލް ޑިވިޜަންގެ ނަންބަރު 3034222 އަދި އޮފީސް ބަންދު ގަޑީގައި ނަމަ މި އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7603204 އަށް ގުޅުއްވުމަށް ދަންނަވަމެވެ.

            05    ރަޖަބު   1446ހ.

            05   ޖަނަވަރީ   2025މ.

                                   

05 ޖަނަވަރީ 2025