ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)MMPRC-HAS/1/2015/48
ޕަބްލިޝްކުރި ތާރީޚް: 13 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 11:13
ސުންގަޑި: 29 ޖުލައި 2015 13:30
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ނަން: އެސިސްޓެންޓް ޑިރެކްޓަރ

މުސާރަ: -/9،000 ރުފިޔާ

ޑެއިލީ އެލަވަންސް: -/6،000 ރުފިޔާ

(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ)

ބޭނުންވާ އަދަދު: 2

ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

  • ތިމާވެއްޓާ ގުޅުންހުރި ދާއިރާއަކުން (ސައިންސް) ބެޗެލަރސް ޑިގްރީ ހާސިލުކޮށްފައިވުން، ނުވަތަ
  • ތިމާވެއްޓާ ގުޅުންހުރި ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ސިޓީ ފޮނުވަންވީ ތާރީޚާއި ތަން: 2015 ޖުލައި 29 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން ވެލާނާގޭ 4 ވަނަ ފަންގިފިލާގައި ހުންނަ މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނަށް.

ހުށައަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ 
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ.
  • ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން.

އިތުރު މަޢުލޫމާތު 

  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3323228 ނަންބަރު ފޯނާއެވެ.
  • މިމަޤާމަށް އިންޓަރވިއު ކުރެވޭނީ ޝަރުޠި ހަމަވާ، ތަޢުލީމާއި ތަޖުރިބާ އެންމެ މަތީ 3 ފަރާތަކާއެވެ. އަދި ޝޯޓް ލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް، ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެ ކަމުގައި ވެސް ދެންނެވީމެވެ.
  • މިމަޤާމަށް މީހުން ހޮވުމުގައި އެންވަޔަރަމަންޓް އަދި ސައިންސާ ގުޅުންހުރި ދާއިރާގައި މަސައްކަތުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެވެ.

ސިޓީ އެޑްރެސް ކުރައްވާނީ:

އަބްދުﷲ ޒިޔާތު، މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

26 ރަމަޟާން 1436 ހ.

13 ޖުލައި 2015