ކުއްޔަށް ދިނުން
ނަންބަރު: MTCC-PD/IU/2024/0365
ޕަބްލިޝްކުރި ތާރީޚް: 31 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 17:00
ސުންގަޑި: 15 ޖަނަވަރީ 2025 10:00
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އެމްޓީސީސީ ހެންވޭރު ފެރީ ޓާރމިނަލްއިން ބްލޮކް 11 އަދި 12 ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް:

އެމްޓީސީސީ ހެންވޭރު ފެރީ ޓާރމިނަލްއިން ބްލޮކް 11 އަދި 12 ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: MTCC-PD/IU/2024/0332 (06 ޑިސެމްބަރު 2024) އިޢުލާން ބާތިލްކޮށް މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.

 

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތަފްސީލު

ތާރީޚް

ދުވަސް

ވަގުތު

މަޢުލޫމާތު ސާފުކުރުން

08 ޖެނުއަރީ 2025

ބުދަ

10:00

އަންދާސީ ހިސާބު ހުށަހެޅުން

15 ޖެނުއަރީ 2025

ބުދަ

10:00

 

މަޢުލޫމާތު ސާފުކުރެއްވުމަށް އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޒޮނެއިރިޔާ ބިލްޑިންގ 3 ވަނަ ފަންގިފިލާގެ މީޓިންގްރޫމަށެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މައުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެ ވާހަކަ ދަންނަވަމެވެ.

31 ޑިސެންބަރު 2024