ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)14-E1/1/2015/65
ޕަބްލިޝްކުރި ތާރީޚް: 09 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 18:30
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މަޤާމުތަކަށް މީހުން ހޮވުމުގައި ބަލާނެ މިންގަނޑާ ގުޅޭ
އިޢުލާން
މި އޮފީހަށް މުވައްޒަފުން ބޭނުންވެގެން ކުރެވުނު ނަންބަރު IUL)14-E1/1/2015/46) (ތާރީޚު:27 މޭ 2015) އިޢުލާނާ ގުޅޭ ގޮތުން ދަންނަވަމެވެ.
އެ އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމުތަކަށް މީހުން ހޮވުމަށްޓަކައި ކުރިމަތިލާފައިވާ ފަރާތްތައް ޝޯޓްލިސްޓްކޮށް މަޤާމުތަކަށް މީހުން ހޮވުމުގައި ބަލާނެ މިންގަނޑު މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ވެބްސައިޓުގައި (www.customs.gov.mv) ޢާންމު ކުރެވިފައިވާނެ ވާހަކަ ދެންނެވީމެވެ. މި މަޤާމުތަކަށް ކުރިމަތިލާފައިވާ ފަރާތްތައް ޝޯޓުލިސްޓު ކުރުމުގެ ގޮތުން ދެވޭ ޓެސްޓުގައި ހިމެނިފައިވާ ބައިތަކުގެ މަޢުލޫމާތުވެސް މި މިންގަނޑުގައި ބަޔާންކުރެވިފައިވާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމުގެ ގޮތުން އިޢުލާންކުރީމެވެ.
22 ރަމަޟާން 1436
09 ޖުލައި 2015