ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)226-H/226/2024/41
ޕަބްލިޝްކުރި ތާރީޚް: 31 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:18
ސުންގަޑި: 16 ޖަނަވަރީ 2025 00:00
ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ އަތޮޅު ކައުންސިލަށް ވޭނެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

ހދ އަތޮޅު ކައުންސިލަށް ވޭނެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ބާތިލްކޮށް އަލުން މި މަސައްކަތައް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މައުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބިޑްގައި ރަޖިސްޓަރ ވުމަށް: https://www.haadhaal.gov.mv/bid-register

ތަފްސީލް

ތާރީޚް

ގަޑި

ރަޖިސްޓަރ ވުމުގެ ސުންގަޑި

09 ޖަނަވަރީ 2025 - ބުރާސްފަތި

11:00

ސުވާލު ފޮނުވުމުގެ ސުންގަޑި

އީމެއިލް: procurement@haadhaal.gov.mv

09 ޖަނަވަރީ 2025 - ބުރާސްފަތި

11:00

ބީލަންތައް ހުޅުވުން

16 ޖަނަވަރީ 2025 - ބުރާސްފަތި

11:00

ތަން: ހދ އަތޮޅު ކައުންސިލް އިދާރާގެ މީޓިންގ ރޫމް

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި ގުޅުއްވާނީ 6521692 ނުވަތަ 6521637 އަށެވެ.

ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. މި ބީލަން ހުޅުވާލެވިފައިމިވަނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތައް އަދި މިބީލަމުގައި ރަޖިސްޓަރވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެއް އަންދާސީ ހިސާބެވެ.

މިމަސައްކަތާއި ބެހޭ މައުލޫމާތު މި އިދާރާގެ ވެބްސައިޓް  https://haadhaal.gov.mv/ގައި 31 ޑިސެންބަރު 2024 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މައުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތީލާ ފަރާތުގެ ޒިންމާއެކެވެ.

31 ޑިސެންބަރު 2024