ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)14-E1/1/2015/67
ޕަބްލިޝްކުރި ތާރީޚް: 14 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 18:29
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ގެ މަޤާމަށާއި އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުގެ މަޤާމަށް މީހުން ހޮވުމަށް ދެވޭ ޓެސްޓް
އިޢުލާން
މި އޮފީހުގެ ނަންބަރު IUL)14-E1/1/2015/65) (ތާރީޚު: 09 ޖުލައި 2015) އިޢުލާނާ ގުޅޭ ގޮތުން ދަންނަވަމެވެ.
ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ގެ މަޤާމަށާއި އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުގެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތައް ޝޯޓްލިސްޓްކޮށް މަޤާމުތަކަށް މީހުން ހޮވުމުގައި ބަލާނެ މިންގަނޑު (2015/U-007) ގެ 2 ވަނަ މާއްދާގެ (ށ) ގެ ދަށުން ދެވޭ ޓެސްޓް 2015 ޖުލައި 22 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ޓެސްޓަށް ހާޒިރުވާންޖެހޭ މީހުންނާއި ޓެސްޓް އޮންނާނެ ތަނާއި ގަޑި ކަސްޓަމްސްގެ ވެބްސައިޓް www.customs.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމުގެ ގޮތުން އިޢުލާން ކުރީމެވެ.
27 ރަމަޟާން 1436
14 ޖުލައި 2015