ވަޒީފާގެ ފުރުޞަތު
ނަންބަރު: (A)AA-2015/180
ޕަބްލިޝްކުރި ތާރީޚް: 14 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 18:24
ސުންގަޑި: 30 ޖުލައި 2015 15:00
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ޑިރެކްޓަރ

މަޤާމު:

ޑިރެކްޓަރ (އީ.އެކްސް 1)

ބޭނުންވާ އަދަދު:

01  (އެކެއް)

ޑިވިޜަން / ސެކްޝަން:

އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ސެކްޝަން

ބޭސިކް މުސާރަ:

މަހަކު 8835.00 (އަށްހާސް އަށްސަތޭކަ ތިރީސް ފަސް ރުފިޔާ)

ސާރވިސް އެލަވަންސް:

މަހަކު 2000.00 (ދެހާސް ރުފިޔާ) (މި އެލަވަންސް ދެވޭނީ އޮފީހުގެ މަސައްކަތަށް ހާޒިރުވާ ދުވަސްތަކަށެވެ.)

ލިވިންގ އެލަވަންސް:

މަހަކު 4000.00 (ހަތަރުހާސް ރުފިޔާ)

ޚާއްޞަ އެލަވަންސް:

މުސާރައިގެ %45

ވަޒީފާގެ ބާވަތް:

ދާއިމީ

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރަންޖެހިއްޖެ ނަމަ މަސައްކަތް ކުރާގޮތަށް

ފެންވަރު ނުވަތަ ޝަރުޠު:

  • އިންފޮރމޭޝަން ކޮމިޔުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ދަޢުލަތުގެ ނުވަތަ ބައިނަލްއަޤުވާމީ ޖަމާޢަތެއްގެ ވަޒީފާއެއްގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 1 (އެކެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • އިންފޮރމޭޝަން ކޮމިޔުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ނުވަތަ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ދަޢުލަތުގެ ނުވަތަ ބައިނަލްއަޤުވާމީ ޖަމާޢަތެއްގެ ވަޒީފާއެއްގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 2 (ދޭއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  • އުމުރުން 50 އަހަރު ނުފުރޭ މީހަކު ކަމުގައިވުން.
  • ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.
  • ސިޔާސީ/ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.

މަސްއޫލިއްޔަތު:

  • އައިޓީ ވަސީލަތްތައް ބޭނުންކޮށްގެން، ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކުގެ ފެންވަރު ރަނގަޅު ކޮށް ތަރައްޤީކުރުމަށް ކުރެވިދާނެ ކަންކަމަކީ ކޮބައިތޯބަލައި، އެކަންކަން ސެކްރެޓަރީ ޖެނެރަލްއާ ހިއްސާކުރުން.
  • މަސައްކަތަށް ފަހި މާހައުލެއް ޤާއިމުކުރުމަށް މަސައްކަތްކުރުމާއި ޙަވާލުވެފައިވާ ސެކްޝަންގެެ މަސައްކަތުގައި ސުލޫކީ މިންގަނޑުތައް ހިފެހެއްޓުމަށް ބާރުއެޅުން.
  • އިންތިޚާބުތަކުގެ ނަތީޖާ ތައްޔާރުކުރުމުގެ މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.
  • ކޮމިޝަނުގެ ކޮމްޕިއުޓަރ ވިއުގައާއި ސަރވަރތައް ބެލެހެއްޓުމާއި މޮނީޓަރކުރުމުގެ ކަންކަން ރާވައި ހިންގުން.
  • ކޮމިޝަނުގެ ކޮމްޕިއުޓަރ ވިއުގަ ވައިރަސް ފަދަ ނޭދެވޭ އަސަރުތަކުން ސަލާމަތްކޮށް ބެލެހެއްޓުމަށާއި ނެޓްވަރކް ސެކިއުރިޓީ ބެލެހެއްޓުމަށް ކުރަންޖެހޭ ކަންތައްތައް ރާވާ ހިންގުން.
  • ކޮމިޝަނުގެ މަސައްކަތްތަކަށް ބޭނުންވާ އިންފޮމޭޝަން ސިސްޓަމްތައް ތައްޔާރުކުރުމާއި ޤާއިމުކޮށް ބެލެހެއްޓުމުގެ ކަންތައްތައް ރާވާ ހިންގުމާއި އިރުޝާދު ދިނުން.
  • ކޮމިޝަނުގެ އިދާރީ ހިންގުން ހަރުދަނާކޮށް ތަރައްޤީކުރުމަށް ބޭނުންވާ ސޮފްޓްވެއަރތައް ހޯދުމަށް ނުވަތަ ތައްޔާރުކުރުމަށް ބޭނުންވާ ލަފަޔާއި އިރުޝާދުދީ މަސައްކަތް ވިލަރެސްކުރުން.
  • ކޮމިޝަންގެ ޑޭޓާބޭސްތައް ރައްކައުތެރިކޮށް ބަލަހައްޓައި ބެކަޕް ނެގުމުގެ އިންތިޒާމްތައް ހަމަޖައްސުން.
  • ސެކްޝަންގެ މުވައްޒަފުންގެ މަސައްކަތަށް ގެންނަން ޖެހޭ އިސްލާހު ފާހަގަކުރުމާއި މަސައްކަތުގެ ފެންވަރު ރަނގަޅުކޮށް ކުރިއެރުވުމަށް ކުރަންޖެހޭ ކަންތައްތަކަކީ ކޮބައިތޯ ބަލައި ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުން.
  • ކޮމިޝަނުގެ ކޮމްޕިއުޓަރުތަކާއި އެހެނިހެން އައި.ޓީ. ވަސީލަތްތައް ބޭނުންކުރުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު ދިނުން.
  • ކޮމިޝަނަށް އައި.ޓީ އިކުއިޕްމެންޓް ހޯދުމުގައި ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު ދިނުން.

ނޯޓް

މަތީގައި ދެންނެވިފައިވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓްފިކެޓްތަކަށްވުރެ މަތީ ސެޓްފިކެޓެއް ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓްފިކެޓް ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ

ސުންގަޑި:          

މި މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުނ 30 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ15:00 ކުރިން އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތައް، އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ.
  • ދާއިރާގެ މަސައްކަތާގުޅޭ ގޮތުން ހަދާފައިވާ ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  • އެއްވެސް ތަނެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާނަމަ ތަޖުރިބާގެ މުއްދަތު އެނގޭގޮތަށް އެތަނަކުން ދޫކޮށްފައިވާ ލިޔުން. (މަސައްކަތު ތަޖުރިބާކަމުގައި ބަލާނީ، ހުށަހަޅާފައިވާ ތަޢުލީމީ ސެޓްފިކެޓް ހާސިލުކުރުމަށްފަހު ލިބޭ ތަޖުރިބާއަށެވެ. މަސައްކަތާ ނުގުޅޭ ދާއިރާތަކުން ލިބިފައިވާ ތަޖުރިބާތައް ނުގުނޭނެއެވެ.)
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

އިތުރު މަޢުލޫމާތު

  • މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިޔު ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިޔުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓްފިކެޓްތަކުގެ އަސްލު ގެންނަވަން ވާނެއެވެ.
  • މި މަޤާމަށް ހަމަޖެހޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިޔުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ.
  • ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން (ޕޯޓް ކޮމްޕްލެކްސް އިމާރާތުގެ 5 ވަނަ ފަންގިފިލާ އިން) ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

މި ކޮމިޝަނުންކޮށްފައިވާ ނަންބަރު A)AA-2014/404) (ތާރީޚު:23 ނޮވެންބަރު 2014) އިޢުލާނު ބާޠިލުކޮށްފީމެވެ.

27 ރަމަޟާން 1436

14 ޖުލައި 2015