ކުއްޔަށް ދިނުން
ނަންބަރު: (IUL)374-C/374/2024/71
ޕަބްލިޝްކުރި ތާރީޚް: 30 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 21:51
ސުންގަޑި: 20 ޖަނަވަރީ 2025 11:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަލިފާން ނިންވުމާއިބެހޭ ޓްރެއިނިންގ ސެންޓަރެއް ހެދުމަށް ބިމެއް ކުއްޔަށް ދޫކުރުމަށް ހުޅުވާލުން

ނިލަންދޫ ސިއްތި ފަންނުގެ ހުޅަނގު އުތުރުން '70 × '50 (3500 އަކަފޫޓު)ގެ ބިން 15 އަހަރު ދުވަހުގެ މުއްދަތަށް އަލިފާން ނިންވުމާއިބެހޭ ޓްރެއިނިންގ ސެންޓަރެއް ހެދުމަށް ކުއްޔަށް ދޫކުރުމަށް މިކައުންސިލުން ނިންމައިފިއެވެ.

މިކަމާއިގުޅޭ ތަފުސީލު، މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. މަޢުލޫމާތު ކަރުދާސް މިއިދާރާގެ ކައުންޓަރުންނާއި، ވެބްސައިޓުންނާއި، ފޭސްބުކް ޕޭޖުންނާއި ދިވެހިސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ. މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 2024 ޑިސެންބަރު 30 ވަނަ ދުވަހުން ފެށިގެން ރަސްމީ ގަޑީގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ކަރުދާސް ނެންގެވުން އެދެމެވެ.

ވީމާ، މިބިން ކުއްޔަށް ނެންގެވުމަށް ޝަޢުޤުވެރިވެ ވަޑައިގަންނާ ފަރާތްތަކުން 2025 ޖަނަވަރީ 20 ވަނަ ދުވަހުގެ 11:00 އަށް މިކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ އަންދާސީ ހިސާބު ހުށަހަޅާ ފޯމާއި އެއްގޮތަށެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމުގެ ނަމޫނާ މިއިދާރާގެ ފޭސްބުކް ޕޭޖުންނާއި ދިވެހިސަރުކާރުގެ ގެޒެޓުން ޑައުންލޯޑު ކުރެއްވޭނެއެވެ.

ނޯޓު: އަންދާސީ ހިސާބު ހުށަހެޅުއްވަން ހަމަޖައްސާފައިވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވާނަމަ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ގަޑީގައެވެ.

30 ޑިސެންބަރު 2024