Islamic University of Technology (IUT)/ Dhaka, Bangladesh
Fully Funded and Partly Funded Scholarships (OIC) 2015-2016
|
ކޯހުގެ މުއްދަތު
|
ކޯހުގެ ދާއިރާ
|
ޕޯސްޓްގްރެޖުއޭޓް ޕްރޮގްރާމްސް އިން އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ
|
3 އަހަރު
|
- ޑޮކްޓަރ އޮފް ފިލޯސަފީ އިން
- މެކޭނިކަލް އިންޖިނޭރިންގ
- އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކް އިންޖިނިއަރިންގ
- ކޮމްޕިއުޓަރ ސައިންސް އެންޑް އިންޖިނިއަރިންގ
|
½1 އަހަރު
|
- މާސްޓަރޒް އޮފް ސައިންސް އިން
- މެކޭނިކަލް އިންޖިނިއަރިންގ
- އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކް އިންޖިނިއަރިންގ
- ކޮމްޕިއުޓަރ ސައިންސް އެންޑް އެޕްލިކޭޝަންސް
- ކޮމްޕިއުޓަރ ސައިންސް އެންޑް އިންޖިނިއަރިންގ
- ސިވިލް އިންޖިނިއަރިންގ
|
½1 އަހަރު
|
- މާސްޓަރޒް އޮފް އިންޖިނިއަރިންގ އިން
- މެކޭނިކަލް އިންޖިނިއަރިންގ
- އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކް އިންޖިނިއަރިންގ
- ކޮމްޕިއުޓަރ ސައިންސް އެންޑް އިންޖިނިއަރިންގ
- ސިވިލް އިންޖިނިއަރިންގ
|
ޓެކްނިކަލް އެޑިޔުކޭޝަން ޕްރޮގްރާމްސް
|
2-1 އަހަރު
1 އަހަރު
2-1 އަހަރު
|
- މާސްޓަރޒް އޮފް ސައިންސް އިން ޓެކްނިކަލް އެޑިޔުކޭޝަން
- ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ އިން ޓެކްނިކަލް އެޑިޔުކޭޝަން
- ބެޗްލަރޒް އޮފް ސައިންސް އިން ޓެކްނިކަލް އެޑިޔުކޭޝަން
|
ބެޗެލަރ އޮފް ސައިންސް ޕްރޮގްރާމްސް
|
4 އަހަރު
|
- ބެޗްލަރޒް އޮފް ސައިންސް އިން މެކޭނިކަލް އިންޖިނިއަރިންގ
- ބެޗްލަރޒް އޮފް ސައިންސް އިން އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކް އިންޖިނިއަރިންގ
- ބެޗލަރޒް އޮފް ސައިންސް އިން ސިވިލް އިންޖިނިއަރިންގ
- ބެޗްލަރޒް އޮފް ސައިންސް އިން ކޮމްޕިއުޓަރ ސައިންސް އެންޑް އިންޖިނިއަރިންގ
|
ހަޔަރ ޑިޕްލޮމާ
|
3 އަހަރު
|
- ހަޔަރ ޑިޕްލޮމާ އިން މެކޭނިކަލް އިންޖިނިއަރންގ
- ހަޔަރ ޑިޕްލޮމާ އިން އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކް އިންޖިނިއަރިންގ
- ހަޔަރ ޑިޕްލޮމާ އިން ކޮމްޕިއުޓަރ ސައިންސް އެންޑް އިންޖިނިއަރިންގ
|
ހަޔަރ ޑިޕްލޮމާ އަދި ބެޗްލަރސް ޑިގްރީ
- ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން. އަދި
- ޖީ.ސީ.އީ އޭލެވެލް ހިސާބު، ފިޒިކްސް އަދި ކެމިސްޓްރީ މި 03 މާއްދާއިން "ބީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން. އަދި
- ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ އިމްތިޙާނުން އިނގިރޭސިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން ނުވަތަ ސީ.އޭ.އީ/ސީ.ޕީ.އީ އިމްތިޙާނުން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން
މާސްޓަރސް ޑިގްރީއަދި ޕޯސްޓްގުރެޖުއޭޓް ޑިޕްލޮމާ
- މާސްޓަސް ޑިގްރީއަށް އެޕްލައިކުރައްވާ ފަރާތްތަކުން އެޕްލައިކުރާ ކޯހާގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވުން. އަދި
ޕީއެޗްޑީ
- ޕީއެޗްޑީއަށް އެޕްލައިކުރައްވާ ފަރާތްތަކުން އެޕްލައިކުރާ ކޯހާގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން. އަދި
މި ސްކޮލަރޝިޕަށް ހުށަހަޅާ ހުރިހާ ފަރާތްތަކުންވެސް، ތިރީގައި މިވާ ޝަރުޠުތައް ފުރިހަމަ ވާންވާނެއެވެ.
- TOEFLއިން 570 އިން މަތި ލިބިފައިވުން ނުވަތަ IELTS އިން އޯވަރޯލް ސްކޯރ މަދުވެގެން 6.0 ލިބިފައިވުން. އަދި
- އެންމެ ފަހުން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ތަޢުލީމް ހާސިލުކުރުމަށް އެހީ ލިބުނު ފަހުން ތިރީގައިވާ މުއްދަތަށް 12 އޮގަސްޓު 2015 ގެ ނިޔަލަށް ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވުން.
ހ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ފުލް ސްކޮލަރޝިޕެއް ގެ ދަށުން ތަޢުލީމް ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 2 އަހަރު ޚިދުމަތްކޮށްފައިވުން
ށ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ޕާޝަލް ސްކޮލަރޝިޕެއްގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 1.5 އަހަރު ޚިދުމަތްކޮށްފައިވުން
ނ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ލޯނު އެހީގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 1 އަހަރު ޚިދުމަތްކޮށްފައިވުން.
ރ. އަމިއްލަ ގޮތުން ތަޢުލީމް ހާސިލުކޮށްފައިވާ ދަރިވަރުން ޚިދުމަތް ކުރުމުގެ މިޝަރުޠު ފުރިހަމަވާކަން ނުޖެހޭނެއެވެ. އަދި
- ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ނުވަތަ މިޑިޕާޓްމަންޓް މެދުވެރިވެގެން ބޭންކަކުން ކިޔެވުމަށް ނަގާފައިވާ ލޯނެއް އަނބުރާ މުޅިން ދައްކާފައިވާ ފަރާތެއްކަމުގައި ވުން. ލޯނު މުޅިން ނުދައްކާ ފަރާތްތަކަށާއި އަދި މި އިޢުލާނުގައިވާ ބައެއް އެހެނިހެން ޝަރުޠުތައް ފުރިހަމަ ނުވާ ފަރާތްތަކަށް ފުރުޞަތު ލިބޭނީ މިއިޢުލާންގެ އިތުރު މަޢުލޫމާތުގައި ހިމެނިފައިވާ "ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރެވޭ ޚާއްޞަ އުސޫލު (ސްޕެޝަލް ކްރައިޓީރިއާ)" ގެ ދަށުންނެއެވެ. އަދި
- މަތީގައިވާ ޝަރުތުތަކުގެ އިތުރުން އިސްލާމިކް ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީގެ ވެބްސައިޓްގައިވާ، ކެންޑިޑޭޓް ކުރިމަތިލާ ކޯހާ ގުޅޭ ޝަރުޠު ފުރިހަމަވާން ޖެހޭނެއެވެ.
ކޯސްތަކުގެ ޝަރުޠުތަކާއި އަދި ކޯސްތަކާބެހޭ އިތުރު މަޢުލޫމާތު އަދި އެޕްލިކޭޝަން ފޯމު، އައި.ޔޫ.ޓީގެ ވެބްސައިޓް www.iutoic-dhaka.edu އިންނާއި، މިޑިޕާޓްމަންޓްގެ ވެބްސައިޓް www.dhe.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
|
ކޯހުގެ ޝަރުޠު
|
- މަތީގައި ދެންނެވިފައިވާ ޕްރޮގްރާމްތަކުގެ ތެރެއިން ހަޔަރ ޑިޕްލޮމާ އަދި ޓެކްނިކަލް އެޑިޔުކޭޝަން ޕްރޮގްރާމްތަކުގެ ހުރިހާ ޚަރަދެއް ދިނުމަށް ހަމަޖެހިފައިވަނީ އައި.ޔޫ.ޓީ އިންނެވެ.
- ޕޯސްޓްގްރެޖުއޭޓް ޕްރޮގްރާމް އަދި ބެޗެލަރޒް ޕްރޮގްރާމްގެ ކޯސްތަކަށް އައި.ޔޫ.ޓީ އިން ވަކިވަރަކަށް ފަންޑިންގ ދިނުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ކުރަންޖެހޭ ހަރަދުތައް ކުރަން ޖެހޭނީ ކެންޑިޑޭޓުން އަމިއްލައަށެވެ. (މީގެ ތަފުސީލު މިޑިޕާޓްމަންޓްގެ ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިވާނެއެވެ.)
- މިޑިޕާޓްމަންޓްއިން ދެކޮޅު ޓިކެޓް ހަމަޖައްސައި ދެވޭނެއެވެ.
- މި ސްކޮލަރޝިޕްގެ ދަށުން ކިޔެވުމަށް ހަމަޖެހިފައިވަނީ އިނގިރޭސިބަހުންނެވެ.
- މި ސްކޮލަރޝިޕަށް ޝަރުޠު ހަމަވާ ހުރިހާ ކެންޑިޑޭޓުންގެ އެޕްލިކޭޝަން އިސްލާމިކް ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީ އަށް ފޮނުވޭނެއެވެ. އަދި ފައިނަލް ސިލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ އައި.ޔޫ.ޓީ ގެ ފަރާތުންނެވެ.
- މި ސްކޮލަރޝިޕަށް ޝަރުޠު ހަމަވާ ދަރިވަރުންގެ މެޑިކަލް ރިޕޯޓު އަދި އައި.ޔޫ.ޓީ އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރުމަށްފަހު، މި ޑިޕާޓްމަންޓަށް ހުށަހެޅުމަށް ފަހުން އެންގޭނެ ވާހަކަ ދެންނެވީމެވެ.
- ކޯހަށް އެދި ހުށަހަޅާ ތައުލީމީ (ޑިޕްލޮމާ އިން ފެށިގެން މަތީ) ސެޓްފިކެޓްތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވާ ސެޓްފިކެޓްތަކަކަށް ވާންޖެހޭނެއެވެ. އަދި ޑިގްރީ ސެޓްފިކެޓް ނުލިބޭ ފަރާތްތަކުން ޕްރޮވިޝަނަލް ސެޓްފިކެޓް ހުށަހަޅާނަމަ އެކެންޑިޑޭޓަކު ފުރިހަމަކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ އަދި އެއޮތޯރިޓީއިން ޤަބޫލުކުރާ ފެންވަރުގެ ކޯހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅުއްވަންވާނެއެވެ. އަދި އެސެޓްފިކެޓާ އެކު ތަޢުލީމު ހާސިލުކުރި ކޯހުގެ ޓްރާންސްކްރިޕްޓް ހުށަހަޅުއްވަންވާނެއެވެ.
- މި ކޯހަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ޑިޕްލޮމާ/ބެޗްލާރސްޑިގްރީ ނުވަތަ މާސްޓަރސް ޑިގްރީ ހާސިލުކުރި ޔުނިވަރސިޓީއެއްގެ ގްރޭޑިންގ އާންމުކޮށް މި ޑިޕާރޓްމަންޓް ބަލާ ގްރޭޑިންގ ސްކީމާ ތަފާތުނަމަ، ގްރޭޑިންގ ކުރެއިޓީރިއާ ހުށަހަޅަންވާނެއެވެ. ގްރޭޑިންގ ސްކީމް ހުށަހަޅާފައިނުވާނަމަ، ޓްރާންސްކްރިޕްޓަށް ޕޮއިންޓް ދިނުމުގައި ބެލެވޭނީ މި ޑިޕާޓްމަންޓް ބަލަމުން ގެންދާ އުސޫލުގެ މަތިންނެވެ. މި ޑިޕާޓްމަންޓުން ޕޮއިންޓް ދޭ ގޮތް މި ޑިޕާރޓްމަންޓްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
- ޑިޕްލޮމާއިން ފެށިގެން މަތީގެ ކޯސްތައް ފުރިހަމަ ކޮށްފައިވަނީ އެހެން ކޯހަކުން ކްރެޑިޓް ލިބިގެން ކަމުގައި ވަނީނަމަ، އެޕްލިކޭޝަން ހުށަހަޅާއިރު ކުރިން ހަދާފައިވާ ކޯސްތަކުގެ ޓްރާންސްކްރިޕްޓް ހުށަހަޅަން ވާނެއެވެ. މިގޮތަށް ހުށަނާޅާ ފަރާތްތަކުގެ ޓްރާންސްކްރިޕްޓަށް ޕޮއިންޓް ދެވެން ނޯންނާތީ އެފަރާތްތަކުގެ އެޕްލިކޭޝަން ބާޠިލު ކުރެވޭނެވެ.
- މިކޯހަށް އެދި ހުށަހަޅާ ދަރިވަރަކީ، އިޢުލާން ކުރެވިފައިވާ ކޯހާއި އެއްފެންވަރެއްގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ކޯހެއް މީގެކުރިން ފުރިހަމަކޮށްފައިވާ ދަރިވަރެއްކަމުގައި ވެގެން ނުވާނެއެވެ. އަދި އެއާއި އެއްފެންވަރެއްގެ ކޯހެއް މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައިވެސް ވެގެން ނުވާނެއެވެ.
- މިސްކޮލަރޝިޕްގެ ދަށުން މަތީތަޢުލީމް ހާސިލު ކުރުމަށް ފުރުޞަތު ލިބޭ ދަރިވަރުން ކިޔަވާ ނިންމުމަށްފަހު، ސަރުކާރުން ކަނޑައަޅާ އޮފީހެއްގައި ނުވަތަ މުއައްސަސާއެއްގައި ޚިދުމަތްކުރުމަށް ބޮންޑްކުރެވޭނެއެވެ.
- މި އިޢުލާންގައި ބަޔާންކުރެވިފައިވާ ޝަރުޠެއް ހަމަނުވުމުގެ ސަބަބުން ނުވަތަ ހުށަހަޅަންޖެހޭ ތަކެތި ހުށަނޭޅުމުގެ ސަބަބުން ޑިސްކޮލިފައިކުރެވޭ ކެންޑިޑޭޓުން، މި ޑިޕާޓްމަންޓްގެ ވެބްސައިޓްގައި އަޕްލޯޑް ކުރެވިފައިވާ "ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރެވޭ ޚާއްޞަ އުސޫލު (ސްޕެޝަލް ކްރައިޓީރިއާ)" ގެ ދަށުން ކޮލިފައިކުރެވިދާނެއެވެ.
- މި ސްކޮލަރޝިޕްގެ ފައިނަލް ސިލެކްޝަންގެ ދަށުން ނޮމިނޭޓްވާ ކެންޑިޑޭޓަކު ސްކޮލަރޝިޕް ދޫކޮށްލައިފިނަމަ، "މަތީތައުލީމާއި ތަމްރީނަށް ސަރުކާރުގެ އެހީގައި ނުވަތަ ސަރުކާރު މެދުވެރިވެ ސްކޮލަރޝިޕް އެހީއާއި ލޯން އެހީގައި ދާ ފަރާތްތަކުން ފުރުޞަތު ދޫކޮށްލުމުން ނުވަތަ ކޯސް ފުރިހަމަ ނުކުރުމުންފަދަ ސަބަބުތައް މެދުވެރިވުމުން ދަރިވަރުން ބްލެކް ލިސްޓް ކުރުމާބެހޭ އުސޫލު" ގެ ދަށުން ބްލެކް ލިސްޓް ކުރެވޭނެއެވެ.
- ބައިލެޓްރަލް އެހީގެ ދަށުން ރާއްޖެއަށް ލިބެމުންދާ ސްކޮލަރޝިޕްތަކަށް މި ޑިޕާޓްމަންޓުން ކެންޑިޑޭޓުން ނޮމިނޭޓް ކުރެވުނުނަމަވެސް ސްކޮލަރޝިޕް ދެއްވާ ފަރާތުން ދިމާވާ އެއްވެސް މައްސަލައެއްގައި ސްކޮލަރޝިޕް ކެންސަލްކޮށްފިނަމަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަނުން އެފުރުޞަތު ނުވަތަ އޭގެ ބަދަލުގައި އެހެން ފުރުޞަތުތަކެއް އެ ދަރިވަރަކަށް ހޯދައިދޭ އުސޫލެއް ނޯންނާނެ ކަމުގައި ދަންނަވަމެވެ.
|
އިތުރު މަޢުލޫމާތު
|
- ކޯހަށް އެދި ފުރިހަމަކޮށްފައިވާ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ފޯމު އަދި އައި.ޔޫ.ޓީގެ ފޯމާއި އެ ފޯމުގައި ބަޔާންކޮށްފައިވާ ތަކެތި.
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީގައި އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް، ސަރުކާރު އޮފީހަކުން، ލޯފާމަކުން ނުވަތަ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ތައްގަނޑުޖެހި އަސްލު. (އެޓެސްޓެޑް އޮރިޖިނަލް) އެޓެސްޓްކޮށްފައިވާ ސެޓްފިކެޓްތަކުން ނަގާފައިވާ ކޮޕީ އަދި އެޓެސްޓްކޮށްފައިވާ ސެޓްފިކެޓްތަކުގެ ސްކޭން ކޮޕީ ގަބޫލެއް ނުކުރެވޭނެއެވެ.
- އެޓެސްޓްކޮށްފައިވާ ލިޔުމުގައި އެޓެސްޓްކޮށްފައިވާ އޮފީހެއްގެ ތައްގަނޑާއި، ސޮއިކުރެއްވި ބޭފުޅެއްގެ ނަން، މަޤާމު، ސޮއި އަދި ތާރީޚު އޮންނަންވާނެއެވެ. އެޓެސްޓޭޝަން ފުރިހަމަ ނޫންނަމަ އެޕްލިކޭޝަން ބާޠިލުކުރުމުގެ އިޚުތިޔާރު މިޑިޕާޓްމަންޓަށް ލިބިގެންވެއެވެ.
ކޯހަށް އެދި ހުށަހަޅުއްވާ (ޑިޕްލޮމާ އިން ފެށިގެން މަތީ) ސެޓްފިކެޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވާ ސެޓްފިކެޓަކަށްވާން ޖެހޭނެއެވެ. އަދި ޑިގްރީ ސެޓްފިކެޓް ނުލިބޭ ފަރާތްތަކުން ޕްރޮވިޝަނަލް ސެޓްފިކެޓް ހުށަހަޅާނަމަ އެކެންޑިޑޭޓަކު ފުރިހަމަކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގަބޫލުކުރާ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ އަދި އެއޮތޯރިޓީއިން ގަބޫލުކުރާ ފެންވަރުގެ ކޯހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅުއްވަންވާނެއެވެ. އަދި އެސެޓްފިކެޓާ އެކު ތަޢުލީމު ހާސިލުކުރި ކޯހުގެ ޓްރާންސްކްރިޕްޓް ހުށަހަޅުއްވަންވާނެއެވެ.
- ތަޢުލީމު ހާސިލުކުރި މަރުކަޒަކުން ހޯދާފައިވާ ކެރެކްޓަރ ސެޓްފިކެޓް.
- ސަރުކާރަށް ނުވަތަ އަމިއްލަ ފަރާތަކަށް ޚިދުމަތް ކުރުމުގެ ބޮންޑެއް އޮތް މީހަކު ނަމަ، އެތަނުން އެ މީހަކު މި ކޯހަށް ދޫކުރާނެ ކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.
- އެންމެ ފަހުން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ތަޢުލީމު ހާސިލުކުރުމަށް އެހީ ލިބުމަށްފަހު ޝަރުޠުގައި ބާޔާންކޮށްފައިވާ މުއްދަތަށް 12 އޮގަސްޓު 2015 ގެ ނިޔަލަށް ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވާކަން ސާބިތުކޮށް ދިނުމުގެ ގޮތުން، ޚިދުމަތްކުރި މުއްދަތު ބަޔާންކޮށް ޚިދުމަތްކުރި ފަރާތުން ދީފައިވާ ލިޔުން.
|
ހުށަހަޅަންޖެހޭ ތަކެތި
|
ސުންގަޑި: 12 އޮގަސްޓު 2015 (ބުދަ)ދުވަހުގެ 14:30 ގެ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ކައުންޓަރ (ވެލާނާގެ/ 2 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑި ހަމަވުމުގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމުގެ މާނައަކީ އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ޑޮކިއުމަންޓްތަކެއް ހަމަކުރުމަށްފަހު ސިޓީއުރައަށްލާ ބަންދުކޮށް އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ސިޓީއުރައިގެ ބޭރުގައި ލިޔުމަށްފަހު މިޑިޕާޓްމަންޓްގެ ކައުންޓަރަށް ސުންގަޑި ހަމަވުމުގެ ކުރިން ހުށަހެޅުމެވެ.
|
ކޯހަށް އެދޭ، އެޕްލިކޭޝަން ފޯމު ހެނދުނު 8:30 އިން މެންދުރުފަހު 14:30 އަށް ވެލާނާގޭ 02 ވަނަ ފަންގިފިލާގައި ހުންނަ މި ޑިޕާރޓްމަންޓްގެ ކައުންޓަރުންނާއި އަދި މި ޑިޕާޓްމަންޓްގެ ވެބްސައިޓުން www.dhe.gov.mv ލިބެން ހުންނާނެވެ. އިތުރު މަޢުލޫމާތު 3341383 އިން ލިބިވަޑައިގަންނަވާނެއެވެ.
|