ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)353/353/2024120
ޕަބްލިޝްކުރި ތާރީޚް: 30 ޑިސެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:04
ސުންގަޑި: 30 ޑިސެންބަރު 2024 00:00
އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައު އަހަރު ފެށުމުގެ ޙަރަކާތްތައް އޮންނަ ސަރަޙައްދު ސާފުކުރުން

 

 

 

އދ.ދިގުރަށު ކައުންސިލްގެ އިދާރާ

  ދިގުރަށް، ދިވެހިރާއްޖެ.

 

 

  ނަންބަރު:(IUL)353/CA/2024/120

 

 

އިޢުލާނު

 

 

 

އައު އަހަރު ފެށުމުގެ ޙަރަކާތްތައް އޮންނަ ސަރަޙައްދު ސާފުކުރުން

ކުރީ އަހަރެކޭ އެއްފަދައިން މި ފެށޭ 2025 ވަނަ އަހަރުގެ "ފެށުން" ކުލަގަދަގޮތެއްގައި ފާހަގަކުރުމަށްޓަކައި، ރަށުގައި ހުރި ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނާއި ބައެއް ކުންފުނިތައް ގުޅިގެން ޙަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން، ހަވާއެރުވުމާއި، ބޮޑުބެރު ޝޯވް އެއް ބޭއްވުމަށްޓަކައި ރަށުގެ ހުޅަނގު ފަރާތުން، މިރަށު އަމީނީމަގާއި އޯސަން ރޯޑާ ދެމެދު އޮތް ސަރަޙައްދުގައި ހުރި މީހުންގެ ތަކެތި މިއަދު ހަވީރު 6:00 ގެ ކުރިން ނަގާ ސާފުކޮށްދެއްވުން އެދެމެވެ. އަދި އައު އަހަރުގެ ޙަރަކާތްތައް ނިމެންދެން އެއްވެސް ފަރާތެއްގެ އަމިއްލަ ބޭނުމަށް މި ސަރަޙައްދު ބޭނުން ނުކުރެއްވުމަށް ޢާންމުކޮށް އަންގައި އިޢުލާނުކުރަމެވެ.

 

30 ޑިސެންބަރު 2024

 

އިބްރާހީމް ޢުޘްމާން

ކައުންސިލްގެ ރައީސް

30 ޑިސެންބަރު 2024