ދިވެހިރާއްޖެ
ނީލަންކިޔުން
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ބޭނުން ކޮށްފައި ހުރި، ތިރީގައި މިދަންނަވާ ބާވަތްތަކުގެ މުދާ ނީލަންކިޔުމަށް ބޭނުންވެއެވެ.
- ދަގަނޑުގެ ބައިތައް
- އެލްމެނިއަމްގެ ބައިތައް
- ލޯނަރުގެ ބައިތައް
- މެޝިނަރީސްގެ ބައިތައް
ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގަޑިތަކަށް މި ހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަގު ހުށަހެޅުއްވުން އެދެމެވެ. އަގުހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ.
ތަން |
ގަޑި |
ތާރީޚު (ދުވަސް) |
ތަފުސީލު |
ކޮންފަރެންސް ހޯލް |
14:00 |
21 ޖުލައި 2015 ( އަންގާރަ) |
ނީލަމުގައިބައިވެރިވުމަށް ނަން ނޯޓްކުރުން |
ނީލަމުގައި ބައިވެރިވެވޭނީ ގަޑިއަށް ހާޒިރުވާ ފަރާތްތަކަށެވެ. ނީލަމުގައި ބައިވެރިވުމަށް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ އެފަދަ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ. |
|||
ލެކްޗަރ ހޯލް |
10:30 |
22 ޖުލައި 2015 (ބުދަ) |
އަގު ހުށަހެޅުއްވުމަށް |
އަގުހުށަހަޅުއްވާނީ ކޮންމެ ބަޔަކަށް ވަކިން ކިލޯއަކަށް ޖެހޭ އަދަދާއި، ޖުމްލަ އަގު އެނގެން އޮންނާނެ ގޮތަށެވެ. |
|||
އައި.ޖީ.އެމް.އެޗް |
14:00 |
21 ޖުލައި 2015 ( އަންގާރަ) |
މުދާ ބެލުމުގެ އިންތިޒާމް |
މުދާ ގެންދިޔުން އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ ފައިނޭންސް ޑިޕާޓްމަންޓަށް ފައިސާ ދެއްކުމަށްފަހު، ނީލަމުން ނަގާ މުދާ 36 ގަޑިއިރު ތެރޭގައި ގެންދަންވާނެއެވެ. މިގޮތުން ނުގެންގޮސް ހުންނަ މުދާ، ނީލަން ނެގި ފަރާތުން ބޭނުންނުވާ ކަމަށް ބަލައި ތަކެތި ނެއްތައިލެވޭނެއެވެ. |
އިތުރު މަޢުލޫމާތު:
ނީލަމުގައި ބައިވެރިވުމަށް ހާޒިރުނުވާ ފަރާތްތަކުން، ނީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.
މި ނީލަމާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، މި ހޮސްޕިޓަލުގެ ނަންބަރު 3335349 ފޯނަށް ގުޅުއްވުން އެދެމެވެ.
29 ރަމަޟާން 1436